ބިދޭސީ މީހާގެ ގަޔަށް ފެންޖެހި މައްސަލަ ފުލުހުން ބަލަނީ
ސައިކަލެއްގެ މަތީގައި އިށީނދެގެން އިން ބިދޭސީއެއްގެ ގަޔަށް ފެންޖެހި މައްސަލަ ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވާ ވީޑިޔޯއަކުން ފެންނަގޮތުގައި ބިދޭސީއަކު ސައިކަލެއްގެ މަތީގައި އިށީނދެގެން އިންދައި، އޭނާގެ ގަޔަށް ފެންބާލިދީއެއް އުކުމަށްފަހު އެ ސައިކަލުން އެ ބޭރުމީހާ ތެދުކުރުވައެވެ.
އެ ބިދޭސީމީހާ ތެދުވުމުން އެ މީހާ އެ ސައިކަލު ސާފުކުރަން ފަށައެވެ. މި ވީޑިޔޯ ރެކޯޑްކޮށްފައިވަނީ އެ ބިދޭސީ މީހާގެ ގަޔަށް ފެންޖަހަން އުޅޭކަން އެނގިގެންކަމަށް ބެލެވެއެވެ.
މި ވީޑިޔޯއާއި ގުޅިގެން ގިނަބަޔަކު ދަނީ ފެންޖެހި ފިރިހެންމީހާގެ އަމަލު ކުށްވެރިކުރަމުންނެވެ.
މި ވީޑިޔޯއާއި ގުޅިގެން ފުލުހުން ބުނީ ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގަޔަށް ފެން ޖަހައި މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާކަމަށެވެ.
އަދި މި ވީޑިޔޯއިން ފެންނަ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް