ްސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ ފަށައިފި
ދިވެހިރާއްޖޭގެ ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ފަށައިފިއެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިސްނަގައިގެން ބާއްވާ މަހާސިންތާ އޮންނާނީ މާދަމާގެ ނިޔަލަށެވެ.
މަދަރުސީ އިސްވާރުކަން ބަދީލީ ބަދަލުތަކަށް ހިތްޖެއްސުން" މި ޝިއާރުގެ ދަށުން ބާއްވާ މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.
މިއަދުގެ މަހާސިންތާ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުން ފެންވަރުގެ ބޭފުޅުންނާއި އަދި އެޑިއުކޭޝަންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެއެވެ.
އެ މަހާސިންތާގައި މަދަރުސާތައް ހިންގުމުގައި މިއަދު ދިމާވެފައިވާ އެކިއެކި ގޮންހެހުންތަކާއި މިގަރުނުގައި ދެކެމުންމިދާ ހަލުވި ބަދަލުތަކާ އެކަންކަމުން ދަރިވަރުންނަށް ކުރަމުންދާ އަސަރުތަކާ މެދު އިލްމީ މަޝްވަރާތަައް ކުރެވި އެކަންކަން ކުރިމަގުގައި ބައްޓަން ކުރާނެ ތަސައްވަރެއް އެކަށައެޅިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް