ރޭގައި ރާއްޖެ ގެނައީ ލުތުފީކަން ޕްރޮފެސަރ އުގައިލް ކަށަވަރުކޮށްދީފި
ރޭ ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެއަށް ގެނެވުނީ 1988ވަނަ އަހަަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީކަން ޕްރޮފެސަރ ހަސަން އުގައިލް ކަށަވަރުކޮށްދީފިއެވެ.
ފޭޝަލް ރެކޮގްނިޝަން ދާއިރާގެ މާހިރެއްކަމުގައިވާ އުގައިލް ކުރެއްވި ޓްވީޓެއްގައި ވަނީ ލުތުފީ ރާއްޖެއިން ދިޔައިރު ހުރި ފޮޓޯއަކާއި ރޭ އެއާޕޯޓުން ނެގުނު ފޮޓޯތަކެއް އަޅާކިޔުމަށްފަހު އެއީ އެއް ފަރާތެއްކަމަށް ބުނެފައެވެ.
އުގައިލް މިހެން ވިދާޅުވިއިރު، ރާއްޖޭގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ދަނީ ރޭ ގެނެވުނީ ލުުތުފީ ނޫންކަމަށާއި، އޭނާއާއި ވައްތަރު މީހެއްކަމަށްބުނެ ވާހަކަދައްކަމުންނެވެ.
އެގޮތުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގް ވިދާޅުވީ ދިވެހި ސަރުކާރުން ލަންކާ ގައި ހުންނަ އެމްބަސީގައި ފިލުވައިގެން ގެންގުޅުނު ޓެރަރިސްޓް ބާޣީ ލުޠުފީ މާލެ ގެނައި ކަމަށްބުނެ ގެނައީ ލުޠުފީ ނޫންކަމަށް ވަރަށްޔަޤީންކުރެވޭ ފަރާތަކުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފޮޓޯ: ވަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް