N/A
N/A
ހަބަރު 10 Feb 2019 | 12:06

ޔާމީންގެ މައްސަލާގައި ފުލުހުން ސިޔާސީވަނީތަ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ ތެރެއިން ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލާއާ ގުޅިގެން އެމްޑީޕީގެ ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޝަރީއަތް ހިންގަން އުޅުމަކީ އެއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ވެރިކަމާ ހަވާލުވުމާއެކު ރައީސް ސާލިހް ކުރެއްވި އެންމެ އިސް އެއް މަސައްކަތްޕުޅަކީ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުން ގެއްލިފައިވާކަމަށް ތުހުމަތު ކުރެވޭ ފައިސާތައް ހޯދަން ޚާއްސަ ކޮމިޝަނެއް އުފެއްދެވުމެވެ. ކޮމިޝަންގެ މަސައްކަތުން މިހާތަނަށް އެއްވެސް ނަތީޖާއެއް ފެނިފައިވާކަމަށް އަދި ހާމަކޮށްފައި ނުވެއެވެ. ކޮމިޝަން ހަދަން ގާނޫނެއް ހަދަންޖެހޭކަމަށް ރައީސް ވިދާޅުވެއެވެ. ކޮމިޝަންގެ މަސައްކަތް ހިގަމުންދަނިކޮށް ހަމަ އެމަސައްކަތް ފުލުހުންވެސް ފަށައި އެކި ފަހަރުމަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ނެގި ބަޔާންތަކަށްފަހު ތަހްގީގުތައް ނިންމައި ޔާމީންގެ މައްޗަށް ޝަރީއަތް ހިންގަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންގެ އިދާރާއިން މިމަހުގެ 6 ވަނަ ދުވަހު ފޮނުވާފައިވާކަމަށް ފުލުހުން ނެރުނު ބަޔާނަކުން ބުނެފައިވެއެވެ. އެބަޔާނުގައި ފުލުހުން ކުރާ ތުހުމަތަކީ މަނީލޯންޑަރިންއާއި ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުންކަމަށް ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދު 79 މިލިޔަން ޑޮލަރަށް އަރައެވެ. ފުލުހުން ނެރެފައިވާ ސްޓޭޓްމަންޓް އެނަލައިޒްކޮށްލުމުން ވަރަށް އަޅައިގަންނަ އެއްކަމެއް ފާހަގަކުރެވެއެވެ. އެސްޓޭޓްމަންޓްގައި ބުނެފައިވަނީ އެމްއައިބީގައި އޮންނަ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ޚިޔާނާތްތެރިވި ފައިސާގެތެރެއިން ގިނަ އަދަދެއްގެ ފައިސާކަމަށެވެ. 1.2 ބިލިޔަން ރުފިޔާގެ މިމައްސަލާގައި ގިނަ އަދަދެއްގެ ފައިސާކަމަށް ބުނަނީ އެއް މިލިޔަން ޑޮލަރަށެވެ. ފުލުހުންގެ ބަޔާނުގައި ބޭނުންކޮށްފައިވާ ބަސްމަގަށްބަލާއިރު މިއީ ޔާމީނާމެދު ވަކިތަސައްވުރެއް އުފެއްދުމަށް ބުނެފައިވާ ހަގީގަތާއި ޚިލާފް މިންވަރެއްކަމަށް ބުނެވެން އެބައޮތެވެ.

ބަލިކަށި ދައުވާއެއް

އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައާއެމެދު ދިރާސީ ނަޒަރަކުން ބަލާނަމަ މިއީ ކުރިއަށް ހިގަންއުޅޭ ސިޔާސީ ހަގުރާމައެއްގެ ފެށުންކަމަށް ބުނެވިދާނެއެވެ. ސަބަބަކީ މައްސަލާގައި ކޮށްފައިވާ ބަލިކަށި ތުހުމަތާއި އެތުހުމަތުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުގެއަށް މައްސަލަ ވައްދައިފިނަމަ ވެގެންދާނެގޮތް އެންމެ އާދައިގެ މީހާއަށްވެސް ލަފާކުރެވޭފަދަ ގޮތަކަށް އޮތުމުންނެވެ. ދައުލަތުގެ ވަކީލުން ޔާމީންގެ މައްޗަށް މިކުށް ސާބިތުކުރާނީ ކޮންގޮތަކުންހެއްޔެވެ. އެފައިސާއަކީ އެމްމއެމްޕީއާރްސީގެ ފައިސާކަން އޭސީސީގެ ތަހްގީގަށް ސާބިތުނުވިގޮތަށް ފުލުހުންނަކަށްވެސް ސާބިތެއް ނުވެއެވެ. ސާބިތުކުރާނީވެސް ކިހިނެތްހެއްޔެވެ.

ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް ބައިވެރިވެގެން އެމްއެމްޕީއާރްސީގެ ފައިސާ ކަހާލި އެސްއޯއެފްގެ ހުރިހާ މުދަލަކީ އެމްއެމްޕީއާރްސީގެ މުދާކަން އޭސީސީއަކަށް އަދި ފުލުހުންނަކަށް ނުނިންމެއެވެ. އެފައިސާ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ލާފައިވަނީ އަދީބު އަންގައިގެންކަމަށްވާއިރު އެފައިސާއަކީ އެމްއެމްޕީއާރްސީން ވަގަށްނެގި ފައިސާކަމެއް އަދީބު އެއްބަސްވެފައިވަނީތޯއެވެ. ފުލުހުން އެހެން ނުބުނެއެވެ. އެސްއޯއެފަކަށްވެސް އެއީ ވަގުފައިސާކަމެއް ޔަގީނެއް ނުވެއެވެ. ސަބަބަކީ ޕީޕީއެމްއަށް އެކިފަރާތްތަކުން ދީފައިހުންނަ ޑޮނޭޝަންތައް ނުވަތަ ފައިސާވެސް ރައްކާކޮށް ބަލަހައްޓަނީ އަދީބުކަމަށްވެފައި އަދީބުދޭ ކޮންމެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަމަށް ބުނަން އެމީހުންނަށްވެސް ނޭގޭތީއެވެ. އޭސީސީގެ ތަހްގީގު ނުނިމިއެއުޅެނީ ޔޫރަޕްގައި ފިލައިގެންގޮސްތިބި އެސްއޯއެފުގެ މައިވަގުންގެ ބަޔާންތައް ނުލިބިގެންކަމަށް އޭސީސީން ބުނެއެވެ. ތަހްގީގު ނިންމައި ޕީޖީއަށް ފޮނުވިއިރު ފުލުހުންވެސް ކަންތައްމިކުރީ ވަކި ސަހަލުގޮތަކަށްނޫނެވެ. އެސްއޯއެފާހަމައަށް ފުލުހުންނަކަށްވެސް ނުދެވުނެވެ. އެގެނީ ފުލުހުން ނުބުނާތީއެވެ. އެހެންވީމާ މިތަހްގީގުގައި މިހާރުގެ ސަރުކާރެއް އޭސީސީއެއް ތަފާތެއް ނެތެއްނޫންތޯއެވެ؟

ޔާމީންގެ މައްސަލާގައި މިހާރަށްވުރެ ވަރުގަދަ ތަހްގީގެއް ފުލުހުންނަށް ހިންގެންޖެހޭނެ

ސިޔާސީ ނަޒަރަކުން ބެލީމާ ފެންނަނީ ވަރަށް އެހެންކަހަލަ މަންޒަރެއް

އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގެ މައްސަލައެއް ޚާއްސަކޮށް އެވައްކަމުގައި މިހާރުގެ ސަރުކާރުގެ ވެރިން ތުހުމަތުކުރާ ކުރީގެ ރައީސްގެ މައްޗަށް މިހާ ބަލިކަށި ގްރައުންޑެއްގައި ދައުވާއެއް ކުރަން ހުށަހެޅުމުން ކުރިން ދެންނެވިފަދައިން މިއީ ކަމެއްގެ ފެށުންކަމަށް ލަފާނުކުރެވެންވީ ސަބަބެއް ނެތެވެ.

އެއްސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އައުމުގެ ކުރިން އަބްދުﷲ ޔާމީންގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށް ލެވޭތޯ ބެލުމެވެ. އެގޮތުން އޮޕޮޒިޝަންގެ ބާރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެކަމަށް ސަރުކާރަށް ލަފާކުރެވެނީކަމަށް ވެދާނެއެވެ. ނުވަތަ އެމްއެމްޕީއާރްސީގެ ފައިސާ ހޯދާނެކަމަށް އޮތް ރައީސް ސާލިހްގެ ވައުދު 100 ދުވަހުގެތެރޭގައި ފުއްދަންވެގެން އަވަސްއަރުވާލައިގެން ނިންމައިލީއެވެ. އަނެއްކާ ފުލުހުންނަށް ތުހުމަތުކުރަން ފާހަގަކުރެވުނީ އެމްއައިބީގެ އެކައުންޓަށް ވަން އެއް މިލިޔަން ޑޮލަރުގެ މައްސަލަކަމަށްވާއިރު ޔާމީންގެ ހުރިހާ އެކައުންޓެއް ފްރީޒްކޮށްގެން ހިފަހައްޓަނީ ކީއްވެގެން ބާއޭ ސުވާލު އުފެދެއެވެ. ފަހަރުގައި ކުރީގައި 800 މިލިޔަން ޑޮލަރުގެ ތެޔޮ ވިއްކިކަމަށް އެމްޑީޕީން ކުރާ ތުހުމަތުގެ ފައިސާކަމަށް ވެދާނެކަމަށް ބަލާފައެވެ.

ޔާމީންގެ މައްޗަށް ދައުވާކުރަން މިފައިލްކުރި ކޭސްއިން ފެނިގެންދާނެކަމަށް ލަފާކުރެވޭ އެންމެ ބޮޑު މަންޒަރަކީ ދައުލަތުގެ ވަކީލުންނަށް ކޯޓްގައި ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުކޮށްދޭން ދަތިވެ ކާމިޔާބުލިބޭގޮތް ނުވެއްޖެނަމަ ފަނޑިޔާރުގެއާ ދެކޮޅަށް އުފެދިގެން ދާނެ ޖަޒުބާތީ ޝުއޫރުތަކެވެ. ފަނޑިޔާރުގެ އިސްލާހްކުރުމުގެ ނަމުގައި ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކޮށްލުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގެ އެންމެ މަތީ ދަރަޖައިގައި އިސްކަންދޭ ކަންތަކެވެ. އެހެންވީމާ ފަނޑިޔާރުގެއާ ސަރުކާރާ އަދި ވެރިކަންކުރާ ޕާޓީއާ މަޖިލިސްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ މަޖިލީހާ ދެމެދު ވަރަށް ސީރިއަސް މައްސަލަތަކެއް ފެންމަތިވާނެއެވެ.

ކަރޮޕްޝަނަށް ސަރުކާރުގެ އޮންނަ ޒީރޯ ޓޮލަރެންސްގެ ތެރެއިން އެމްޑީޕީން ވައްކަމުގެ އެންމެ މައިމޫކަމަށް ލޭބަލްކޮށްފައިވާ ކުރީގެ ރައީސް ޔާމީން ކޯޓުން ދޫވެގެންދާތަން ބެލުމަކީ ޓޮލަރޭޓްކުރެވޭ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ފަނޑިޔާރުގެ އިސްލާހް ކުރުމަށް އެޖެންޑާ 19 ތަންފީޒުކުރަން އޮންނާނީ މަޖްބޫރުވެފައެވެ. އެހެންވީމާ މިމައްސަލައިގެތެރެއިން އޮންނާނީ ދެވަނަ އަބްދުﷲ ގާޒީއެއް އުފަން ވެފައެވެ.

އެހެންކަމުން އެމްއެމްޕީއާރްސީގެ ވައްކަމުގެ އެންމެ ކީ މީހުން ޔޫރަޕްގެ ފިނިޖައްވުމުގެތެރެއަށް މަޖާކުރަންދޫކޮށްފައި ފުލުހުންގެ ތަހްގީގުކުރުމުގެ ކުޅަދާނަ މީހުންގެ ޕްރޮފެޝަނަލް އެޕްރޯޗްގެ ބަދަލުގައި ބަލިކަށި ގޮތަކަށް ތަހްގީގެއް ނިންމާލުމަށްފަހު އަތްފޮޅާލުމުގެ ފަހަތުގައި އޮތީ ސިޔާސީ ކަމެއްނޫނޭ ބުނަން ހަމަ ވަރަށް އުދަގުލެވެ. ރައީސަކަށް ނިސްބަތްވާ މައްސަލައަކަށްވާތީއެވެ. ޖެނުއިން ނިޔަތެއް އޮތްނަމަ ރައީސްގެ ކޮމިޝަނަށް ބާރުލިބެންދެން ކެތްނުކުރެވެންވީ ކީއްވެގެންތޯއެވެ. ސިޔާސީ ބޭނުމެއް ނެތްނަމަ ކުރީގެ ނާއިބް ރައީސް އަދީބްގެ ފަރާތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި މައުލޫމާތުތަކެއް ފުލުހުންނާ ޝެއަރކުރުމުގެ ބަދަލުގައި ބަންޑާރަ ނާއިބާ ހަވާލުކުރައްވައިގެން ބަންޑާރަ ނާއިބް ޔާމީން ކުށްވެރިވާކަމަށް ބުނާ އިބާރާތަކުން ބަޔާނެއް ނެރެ ދެން އޭގެފަހުން ފުލުހުންނަށް އެމައުލޫމާތު ބަންޑާރަނާއިބްގެ އޮފީހުން ދޭންވީ ކީއްވެގެންހެއްޔެވެ. ރައީސް ނަޝީދު ފުލުހުންނަށް އިތުބާރު ނުކުރާތީ ހެއްޔެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...