މޫސުން ގޯސްވެ, ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު!
މޫސުން ގޯސްވުމާއި ގުޅިގެން، މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅުގައި ހިމެނޭ ރަށްތަކަށެވެ.
އެ އޮފީހުން ބުނީ މި ސަރަހައްދަށް މިއަދު ހެނދުނު 6:15 އިން 11:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރާކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ހޫނުގަދަ ސަރަހައްދެއް ނަމަވެސް، އިއްޔެ ވެސް މެޓް އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް