އައިޖީއެމްއެޗުގެ ޒަމާނީ ހައިބްރިޑު ތިއޭޓަރުގައި އޮޕަރޭޝަންތައް ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޒަމާނީ ހައިބްރިޑް ތިއޭޓަރުގައި ބޮޑެތި އޮޕަރޭޝަންތައް ކުރަން ފަށައިފި އެވެ.
އައިޖީއެމްއެޗުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ތިއޭޓަރުގައި ފުރިހަމަ ކެތު ލެބެއް ހުންނަ ކަމަށެވެ.
އަދި އެ ހައިބްރިޑް ތިއޭޓަރުގައި ސިކުނޑި އާއި ހިތުގެ ޕްރޮސީޖާތަކާއި ބެދިފައިވާ ލޭ ހޮޅިތައް ރަނގަޅުކުރުން ފަދަ ހިދުމަތާ އެކު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމް ރަނގަޅު ކުރުމަށް، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ ވަސީލަތްތަކާ އެކު ފުރިހަމަ ތިއޭޓަރެއް ވެސް ގާއިމްކުރެވުނެވެ.
ނަމަވެސް ފާއިތުވެގެން ދިޔަ ހަ އަހަރުގައިވެސް މި ތިއޭޓަރގެ ބޭނުން ހުރީ ނުކުރެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް