ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރު އޮފީހެއްގައި ކިއުޖެހޭކަށް ނުޖެހޭނެ: އަސްލަމް
ބޯހިޔާވަހިކަން ހޯދުމަށް ސަަރުކާރުގެ އޮފީހެއްގައި ކިއުގައި ޖެހިގެން ތިބެންޖެހޭނެކަމަށް ގަބޫލު ނުކުރައްވާކަމަށް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި އެޖެންޑާ19 ގެ ބޯހިޔާވަހިކަމުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލެއް އޮންނަންވާނެކަމަށާއި ބޯހިޔާވަހިކަން ހޯދުމަށް ސަރުކާާރުގެ އޮފީހެއްެގެ ކިއުގައި ޖެހެންވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެެވެ.
އަސްލަމް ވަނީ ރާއްޖެއިން ފްލެޓްތައް ގަންނަން ލިބޭ އަގު ބޮޑުކަން ފާހަގަކުރައްވައި، އާއިލާއެއް އުފެދުމުން ގޯތި ދިނުމުގެ ބޯދާ އުސޫލު މާލޭގައި ތަންފީޒުކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ.
"ފްލެޓް ގަންނަން މަޖޫބޫރު,ފްލެޓް ގަންނަން ބޭނުންވާ އެތައް ބަޔަކު ބޭނުންވާއިރު، ފްލެޓްތައް ހުރީ ގިނަ މީހުންނަށް ގަނެވޭ އަގެއްގައި ނޫން"، އަސްލަމް ވިދާޅުވިއެވެ.
ރޭގެ ޕެނަލް ޑިސްކަޝަންގައި އަސްލަމް ވަނީ ބޯހިޔާވަހިކަން ބޭނުންވަނީ ހަމައެކަނި ނިކަމެތިން ނޫން ކަމަށާއި، މުއްސަނދިންވެސް ފްލެޓް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް