ކައުންސިލު އިންތިހާބަށް މާލޭގެ އާބާދީ ކަށަވަރުކުރުމުގެ މަސައްކަތް ފަށައިފި
ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކުރިން މާލޭގެ އާބާދީ ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.
އިލެކްޝަނުން މާލޭގެ އާބާދީ ކަށްވަރުކުމުގެ މަސައްކަތް ފަށައިފައި މިވަނީ، މާލޭސިޓީ ކައުންސިލަށް 19 ގޮނޑި އިތުރުކޮށް، މާލެސިޓީގެ ހަ ގޮނޑި އަންހެނުންނަށް ހާއްސަކުރަން ގާނޫނު ފާސްކުރުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާދަމް، ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިމަސް ނިމުމުގެ ކުރިން މާލޭގެ ދާއިރާތަކުގެ އާބާދީ ބެހުމުގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
އޭގެއިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ދާއިރާތައް ކަނޑައެޅުމަށްފަހު އެ ދާއިރާތަކަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ބާރަ ދާއިރާއިން ދިހަ މެމްބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާކަމަށެވެ.
ފުވައްމުލަކު ސިޓީން ހަ މެމްބަރުންނާއި، 3000 އިން ދަށުގެ އާބާދީގެ ރަށްތަކުގެ ކައުންސިލަށް އިންތިހާބުކޮށްފައި ތިބި ކައުންސިލަރުންނާ އެއްވަރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކުރާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ކައުންސިލުތައް ބާރުވެރި ކުރުވުމަށް ލާމަރުކަޒީ ގާނޫނަށް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.
އެގޮތުން މާލީ ބާރުވެރިކަން ދިނުމާއި ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް