ރައީސް ޞާލިހާއި ރައީސް ނަޝީދުގެ މައްސަލަތަކެއް ޕީޕީއެމްއިން އޭސީސީއަށް ވައްދައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަތަކެއް ޕީޕީއެމްގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.
މި މައްސަލަތައް ހުށައެޅިކަން ހާމަކޮށްފައިވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުުވުމެއްގައި ޕީޕީއެމްގެ ގާނޫނީ ވަކީލުންގެ ޓީމްގެ ފަރާތުންނެވެ.
އެ ޓީމުން ހާމަކުރިގޮތުގައި އެފަރާތުން ވަނީ ރައީސް ޞާލިހާއި، ރައީސް ނަޝީދާއި އަދި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީގެ މައްސަލަތަކެއް އޭސީސީއަށް ވައްދާފައެވެ. މި ޓީމްގައި ހިމެނެނީ އަހުމަދު ސިއްދީޤުއާއި، އައްސަދު އަދި މުހައްމަދު ޝަހީދު އެވެ.
މި މައްސަލަތައް މިއަދު ވަނީ އޭސީސީއަށް ހުށައަޅާާފައެވެ.
އަދި ކުރިއަށް އޮތް ތިންދުވަހުގެ ތެރޭގައި އެ މައްސަލަތައް ބެލުމާއި މެދު އޭސީސީން ގޮތެއް ނިންމުމަށްފަހު އެންގުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް