N/A
N/A
ހަބަރު 05 Jul 2019 | 17:36

އިބޫ އަކީ އަންނިއެއް ނޫން؟ ދެން ކީއްވެ އަންނި ވެރިކަން މިކުރަނީ؟

އެމްޑީޕީއާއި ރައީސް ނަޝީދުއާއި އޭނަގެ ގާތުގައި އުޅޭ މީހުންގެ އަގު ދީނީ ފިކުރުގެ މީހުންގެ ކައިރީގައި ވެއްޓިފައިވަނީ ވަރަށް ބޮޑަށެވެ. ޚާއްޞަކޮށް ޢަދާލަތު ޕާޓީގެ ޢާންމު މެމްބަރުންގެ އަރިހުގައެވެ.

ނަމަވެސް ރިޔާސީ އިންތިޚާބަށް، އެއް ކެނޑިޑޭޓަކު ނެރެ، ޔާމީން ބަލިކޮށްލުމުގެ އެދުމުގައި، ކޯލިޝަން ހުރިހާ ޕާޓީއަކަށް އެއްބަސްވެވުނީ، ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުން އިބޫ ނެގުމަށެވެ. އެކަމުގައި އެންމެ އިސް ދައުރެއް އަދާ ކުރީވެސް ޢަދާލަތުންނެވެ. އިބޫއަށް އޮތް އިތުބާރެއްގެ ބޮޑު ކަމުންނެވެ. އަދި ސިޔާސީ މައިދާނުން އަންނި އާއި ޔާމީނުގެ ވަސްވެސް ފިލުވާލުމުގެ އެދުމުގައެވެ.

އެހެންކަމުން، ދީނީ ފިކުރުގެ މީހުންގެ ކައިރީގައި އެމްޑީޕީއާއި ރައީސް ނަޝީދާއި އޭނާގެ އެކުވެރިންނާ މެދުގައި އޮތް ނުބައި ތަސައްވުރު ބަދަލުކުރުމަށް ޢަދާލަތު ޕާޓީއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިއެވެ. ޢަދާލަތު ޕާޓީގެ މަދު ޢިލްމުވެރިން ކޮޅެއް މެދުވެރިކޮށް، ދެއްކެން އޮތް ހުރިހާ ބަހަނާތަކެއް ދައްކަމުން ދިޔައެވެ. އެކިއެކި ރަށްރަށަށް އެ ޢިލްމުވެރިން ފޮނުވާ، އެރަށްރަށުގައި ތިބި ދީނީ ފިކުރުގެ މީހުންގެ ސިކުނޑިއާ ކުޅެވުނު ގޮތަކަށް ކުޅުނެވެ.

އިބޫ އަކީ އަންނިއެއް ނޫން ކަމާއި، އިބޫ އަކީ ރަނގަޅު އަޚްލާޤެއްގެ ވެރިއެއް ކަމާއި، މާތް ނަބިއްޔާ ދުޢާ ދެއްވާފައިވާ ވެރިއެއް ފަދައިން، އޯގާތެރިކަން އޭނާގެ ކިބައިން ފެންނަ ކަމަށާއި، ޔާމީނާއި އަންނި އަކީވެސް ލާދީނީ ދެމީހުން ކަމާއި، ދެމީހުންނަކީވެސް މުރުތައްދުވެފައި ތިބި ދެމީހުން ކަމާއި، އަދި އަންނި އަށްވުރެސް ޔާމީނުގެ ލާދީނީ ކަމާއި އަނިޔާވެރިކަން ބޮޑު ކަމާއި، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ އިބޫ ޞޯލިޙަށް ކަމަށް ބުނަމުން ދިޔައެވެ. ދީނީ ހުރިހާ ކަމެއްގެ ބާރު ޢަދާލަތަށް ލިބޭނެ ކަމަށާއި، އިބޫ ހައްދަވާނީ ޝެއިޚް އިމްރާނު ވިދާޅުވާ ގޮތް ކަމަށާއި، ތަޖުރިބާއިން އެކަން އެނގިއްޖެ ކަމަށްވެސް ބުނަމުން ދިޔައެވެ.

ދީނީ ފިކުރުގެ މީހުން (ޢަދާލަތުގެ ޢާންމު މެމްބަރުންވެސް ހިމެނޭ ގޮތަށް) ފެށުނީއްސުރެ ތިބީ، މިފަހަރު އިންތިޚާބުގައި އެމްޑީޕީ ނޫން ގޮތެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް، ޢަދާލަތުން އެމްޑީޕީގެ ހިމާޔަތުގެ ދަށަށް ވަދެ، އިބޫ ޞޯލިޙަށް ބައިޢަތު ހިފި ހިސާބުން އެކަމާ ދީނީ ފިކުރުގެ މީހުންވެސް ތިބީ ދެކޮޅަށެވެ. ނަމަވެސް ކުރިން މިދެންނެވި ގޮތަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިން، ޚާއްޞަކޮށް ޝެއިޚް އިލްޔާސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ޝެއިޚްގެ ބަހަށް އިތުބާރުކޮށް، އެބައިމީހުންގެ ހިތުގައި އެމްޑީޕީއާ މެދު އޮތް ޝައްކާއި ވަހުމް ފިލުވާލިއެވެ. ޚާއްްޞަކޮށް، އިބޫއާ މެދު އޮތް ޝައްކާއި ވަހުމު ފިލައި، އިބޫ ފަދަ ދެވަނަ ވެރިއެއް ދެން އަޅުގަނޑުމެންނަށް ނުލިބޭނެ ކަމުގައި ތަޞައްވުރާއި އުންމީދު ލިބިގެން ދިޔައެވެ.

ނަމަވެސް މިއަދު ޢަދާލަތު ޕާޓީއާ އަޅުގަނޑުމެން ކުރަން ބޭނުންވާ ސުވާލަކީ، އިބޫ އަކީ އަންނިއެއް ނޫނޭ ބުނެ، އަޅުގަނޑުމެން އަތުން ވޯޓު ހޯދައި، ވެރިކަމަށް އިބޫ އިސްކޮށްފައި ވީހިނދުވެސް، ރާއްޖޭގެ ހުރިހާ ބާރެއް އަންނި އަތުގައި އޮތީ ކީއްވެތޯއެވެ؟ ކަންކަމުގައި އަންނި ބޭނުންވާ ގޮތަށް ނިމިގެން ދަނީ ކީއްވެތޯއެވެ؟ ދިވެހިރާއްޖޭގެ މަޖިލިސް ރައީސް ކަމާ ހަމައަށް އޭނަ އަށް އާދެވުނީ ކީއްވެތޯއެވެ؟

މިސުވާލު ކުރަން ޖެހޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެހެނީ، އިބޫ އަކީ އަންނިއެއް ނޫނޭ ބުނެ، އަޅުގަނޑުމެންގެ ބޮލަށް ވެއްދި ތަސައްވުރަކީ، އަންނިގެ ދުވަސް ހިނގައްޖެކަމަށެވެ. ވެރިކަމުގެ ކަންކަން ހިނގާނީ، އިބޫ ބޭނުންވާ ގޮތަކަށް ކަމަށެވެ. އެމްޑީޕީވެސް އޮންނާނީ އިބޫއާ އެކުގައި ކަމަށެވެ. އިބޫ ބޭނުންފުޅުވާ ގޮތަކަށް ރާއްޖޭގެ ވެރިކަމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ. ލާދީނީ ކަމެއް މި ސަރުކާރުން ނުފެންނާނެ ކަމަށެވެ. ބޭއިންސާފާއި ކޮރަޕްޝަން ނުފެންނާނެ ކަމަށެވެ. ފެނިގެން ދާނީ ނަޒާހަތްތެރިކަމާއި ތާހިރު ވެރިކަމެއް ކަމަށެވެ.

ނަމަވެސް މިއަދުގެ ޙާލަތަކީ، ސަރުކާރުން ނޭދެވޭ ކަމެއް ފެނިއްޖެނަމަ، އެއީ އިބޫ ކުރާ ކަމަކަށް ނުވެއެވެ. އަދި އެއީ އިބޫގެ ރުހުން އޮވެގެން ވާ ކަމެއް ކަމުގައިވެސް ނުވެއެވެ. އެއީ އަންނި އާއި އޭނަގެ އަޢުވާނު ކުރުވާ ކަންކަމެވެ. އިންޑިއާގެ އަޅުވެތިކަމަށް ޤައުމު ގޮސް ނިމޭ އިރުވެސް، އެއީ އިބޫގެ ރުހުމުގައި ކުރާ ކަމެއް ނޫނެވެ. އެއީ، އަންނި ކުރުވާ ކަމެކެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ބާރުގަދަ ކުރަމުން ދާ ދިޔުމަކީ، އިބޫ ރުހިގެން ކުރުވާ ކަމެއް ނޫނެވެ. އެއީ އަންނި ކުރުވާ ކަމެކެވެ. ޝަރުޢީ ދާއިރާއިން އިސްލާމްދީން މުޅިން އެއްފަރާތްކޮށް ޢަލްމާނީ ކުރާ އިރު، އެއީ އިބޫއަކަށް ބާރު އޮތް ކަމެއް ނޫނެވެ. އެއީ އެޖެންޑާ19 ގެ ދަށުން އަންނި ކުރުވާ ކަންކަމެވެ. 19 ދިވެހިން ޝަހީދުކޮށްލާފައިވާ، ބާޣީ ލުޠުފީއަށް ސަރުކާރުގެ ޙިމާޔަތް ދީ، ލަންކާގައި ހުރި ދިވެހި އެމްބަސީގެ އެންމެ ފެންވަރު ރަނގަޅު ވީ.އައި.ޕީ ކޮޓަރި ދީ، އޭނާ ޢިއްޒަތުގައި ގެންގުޅުމަކީ، އިބޫ އާ ބެހޭ ކަމެއް ނޫނެވެ. މިހެން ގޮސް، ލިސްޓު ވަރަށް ދިގު ކުރެވިދާނެއެވެ. ދިގު ކުރާ ވަރަކަށް، އެއީ އިބޫ ޒިންމާ ނަގަން ޖެހޭ ކަމަކަށް ނުވާނެއެވެ. އެއީ އެހެން ބަޔަކު، ކުރުވާ ކަމެކެވެ.

ބަޔަކު އަޖާއިބު ހައިރާނެއް ނުވޭތޯއެވެ؟ މި ސަރުކާރާއި، އެމްޑީޕީގެ ފަރާތުން ފެންނަ އެއްވެސް ނޭދެވޭ ކަމަކީ އިބޫގެ ބާރެއް އާރެއް އޭގައި އޮންނަ ކަމަކަށް ނުވެއެވެ. އެއީ މުޅިންވެސް އަންނިގެ ވިޔާނުދާ ނުލަފާ ކަމެވެ.

ނަމަވެސް، ސަރުކާރުން ރަނގަޅު ކަމެއް ފެނިއްޖެނަމަ، އިބޫއަށް ހާސްފަށުން ޘަނާ ކިޔައި ހަދަމުއެވެ. ޝުކުރިއްޔާ ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙެވެ. ޘަނާގެ މޮޅެތި ބަސްތަކުން ޓުވީޓުވެސް ލިޔަން ޖެހެއެވެ. އަދިވެސް، އިބޫ އަކީ، ދުޢާ މަތީގައި ހުރި ވެރިއެއް ކަމުގެ ތަސައްލީ އަމިއްލަ ހިތަށް ވެއްދުމަށްޓަކައި ކަމަށް ވެދާނެއެވެ.

ކަމެއް ގޯސް ވެގެން، ސަރުކާރަށް ރައްޔިތުންގެ ނުރުހުން އަމާޒުވާ ހިނދު، އިބޫ އެކަމެއް ރަނގަޅު ކުރައްވާނެ ކަމުގެ "ފުރިހަމަ ޔާޤީންކަން" އެބައޮތް ކަމަށް ބުނެ، ޘަނާ ކިޔައި ޓްވީޓު ކުރަމުއެވެ. އަދި އެއީ އެހެން ބަޔަކު ކުރާ ގޯސް ކަމެއް ކަމުގައި ހަދަމުއެވެ.

ދަންނަވަންތޯއެވެ. ފުދިއްޖެއެވެ. ތިބޭފުޅުން، އިބޫ އަކީ އަންނި އެއް ނޫނޭ ވިދާޅުވުމުން، އެކަން އަޅުގަނޑުމެން ޤަބޫލު ކުރީމެވެ. ނަމަވެސް، އާރެއް ބާރެއް ނެތް އިބޫ އެކޭ ވެރިކަމަށް މިގެންނަނީ އެހެނެއް ތިބޭފުޅުން ވިދާޅެއް ނުވަމުއެވެ. އެއާ ޚިލާފަށް، ހުރިހާ ބާރެއް، އާރެއް، ފަހު ބަސް އޮންނާނީ އިބޫ އަށް ކަމަށް ތިބޭފުޅުން ވިދާޅުވީމުއެވެ. އަންނި އަށް އިބޫ ސަރުކާރުގައި ބޭނުން ގޮތެއް ނެހެދޭނެއޭވެސް ވިދާޅުވީމުއެވެ. އަންނި ހުންނަން ޖެހޭނީ "ސައިޑު"ގައޭ ވެސް ވިދާޅުވީމުއެވެ.

ނަމަވެސް މަންޒަރު މިފެންނަނީ މުޅިން އިދިކޮޅަށެވެ. އާރެއް ބާރެއް ނެތެވެ. އަމިއްލަ ޕާޓީގެ މައްޗަށް ބާރެއް ނެތެވެ. މަޖިލީސް މައްޗަށް ބާރެއް ނެތެވެ. އިންޑިޔާޔާ ދެމެދު ހަދާ ޑީލްތަކުގައި އިބޫގެ ބާރެއް ނެތެވެ. ޝަރުޢީ ދާއިރާ ޢަލްމާނީ ކުރާ ކުރުމުގައި ވެސް އިބޫގެ ބާރެއް ނެތެވެ. ޢަލްމާނީ ފިކުރުގެ މީހުންނަށް ސަރުކާރުގެ ބޮޑެތި މަޤާމުތައް ދިނުމުގައިވެސް އިބޫގެ ބާރެއް ނެތެވެ. އެ ހުރިހާ ކަމެއްގެ ބާރު އޮތީ އަންނި އަތުގައެވެ.

ކިހައި ހެއްވާ ކަމެއްތޯއެވެ؟ މުޅި ސަރުކާރުގައި އަންނިގެ ދެފަޔައެވެ. އެންމެ ފަހުން އިބޫ މިވީ ރަމްޒީ މީހަކަށެވެ. ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއް ހިންގުން، މަޖިލީހާ ހަވާލުވެއްޖެ ފަދައެވެ. އިސްލާމީ ތަޢުލީމަށް ކުރިންވެސް ކޮކަޑިލާން އުޅުނު ގޮތަށް، މިފަހަރު އުޅެގަތީ، އިސްލާމިކް ޔުނިވާރސިޓީ ހަނިކޮށްލުމަށެވެ.

ގޯހުން ގޯހަށް ދާއިރުވެސް، އިބޫ ރަނގަޅެވެ. އަންނި ގޯހެވެ. އިބޫ އަށް ޘަނާއެވެ. އަންނި އަށް ބަދު ދުޢާ އެވެ.

މީގައި ގޯހެއް އެބަ އުޅެއެވެ. އަޅުގަނޑުމެން ކައިރިން ވޯޓު ހޯދީ މިފަދަ ނިކަމެތި އިބޫ އެއް ވިއްކައިގެނެއް ނޫނެވެ. އޭރު އެއީ "ބްރޭންޑް ނިއު" އިބޫ އެއް ގޮތަށެވެ. ނަތީޖާ ނެރެދޭނެ އިބޫ އެކެވެ. އިންސާފާއި ޢަދުލަށް ކަންކަން ނިންމާނެ އިބޫ އެކެވެ.

ޤައުމުގެ ދީނާއި، މިނިވަންކަމާއި ސިޔާދަތާއި، ޢަދުލު އިންސާފުގެ ނިޒާމު އެއްކޮށް އޮޔާ ގޮސް އަތު ނުޖެހޭ ހިސާބަށް ދަނީއެވެ. އަދިވެސް، ތިޔަ ތިއްބެވީ، ޣާފިލު ކަމުގެ ނިދީގައެވެ. އަވާމެންދުރެއްގައި ޖެހިފައެވެ. ނޭނގި ތިބެ ނަމަވެސް، އަމިއްލަ ނަފްސަށް އޮޅުވާލައި، އެހެން މީހުންނަށްވެސް ތިޔަ ގެންދަވަނީ އޮޅުވާލަމުންނެވެ.

ހޭ އަރަށޭވެ. ވަޤުތު ފާއިތުވުމުގެ ކުރިން، މިޤައުމުގެ ދީނާއި، މިނިވަންކަމާއި، ސިޔާދަތު ސަލާމަތްކުރަން މަސައްކަތް ކުރާށެވެ. އެހެންނޫނީ، ޤައުމަށް ޚިޔާނާތްތެރިވި މީހުންގެ ގޮތުގައި ތާރީޚުގައި ތިބޭފުޅުންގެ ނަންފުޅުވެސް ލިޔެވިފައިވާތީ ދިރިތިބީންނަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...