އޮޔާދިޔަ މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ ނިޔާވެފަ: ޕޮލިސް
ސިނަމާލެ ބްރިޖާއި ދިމާލުން އޮޔާ ދިޔަ މީހާ އައިޖީއެމްއެހް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައިކަމަށް ފުލުހުން ބުނެފިއެވެ.
އެއީ އަންހެނެއް ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ އިތުރުން މި މީހާގެ ވަނަވަރު ވެސް އަދި އިތުރު މައުލޫމާތެއްވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ސިނަމާލެ ބްރިޖާއި ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:35 ހާއިރު އެވެ.
އެއާއިއެކު ފުލުހުން ވަނީ އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިއީ ރާއްޖެ އަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ވެސް މޫދަށް އެރި އުޅެނިކޮށް ދެ މީހަކު ވަނީ ގެނބިގެން މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް