ކެންދޫ ދާއިރާގެ ވޯޓުފޮއްޓެއް ބާތިލްކުރަން އެމްޑީޕީން އެދިއްޖެ
މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ އަލީ ހުސައިން ކާމިޔާބުކުރި ކެންދޫ ދާއިރާގެ ވޯޓުފޮއްޓެއް ބާތިލްކުރަން އެމްޑީީޕީން އެދިއްޖެއެވެ.
އެމްޑީޕީން އެދިފައިވަނީ އެ ދާއިރާގެ ކެންދޫ ސްކޫލުގައި ބެހެއްޓި އެ ފޮށި ބާތިލްކުުރުމަށެވެ.
މިގޮތަށް އެމްޑީޕީއިން ހުށައެޅީ އެ ފޮއްޓަށް ވޯޓުލީ މީހުންގެ އަދަދުތައް ދިމާނުވާ ކަމަށް ބުނެއެވެ. އެމްޑީޕީން ވަނީ އެ ވޯޓު ފޮށި ބާތިލުކޮށް އަލުން އެ ފޮއްޓަށް ވޯޓުލުން ކުރިއަށް ގެންގޮސްދިނުމަށް އެދިފައެވެ.
ކެންދޫ ދާއިރާގައި އަލީ ހުސައިންއާއި އެންމެ ގާތުން ވާދަކުރައްވަނީ އެމްޑީީޕީގެ ކެނޑިޑޭޓް އަހުމަދު ރިޒާއެވެ.
ކެންދޫ ސްކޫލުގައި ބެހެއްޓި އެ ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު އަލީ ހުސެއިނަށް 286 ވޯޓު، އަހުމަދު ލަތީފަށް 66 ވޯޓު އަދި އަހުމަދު ރިޒާއަށް 141 ވޯޓު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް