ކ.ތުލުސްދޫގައި ޕާސްޕޯޓްގެ ހިދުމަތްދޭން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކ.އަތޮޅު ތުލުސްދޫގައި ޕާސްޕޯޓްގެ ހިދުމަތްދޭން ފަށައިފިއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ތުލުސްދޫއިން ޕާސްޕޯޓަށް އެދި އަދި ނެގުމުގެ ފުރުސަތު މިހާރު އެރަށުން ލިބޭނޭކަމަށެވެ. ތުލުސްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުންކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓް ހިދުމަތް ފެށުމަކީ އެ އިދާރާގެ އަމާޒެއްކަމަށާއި، މިހިނގާ އޮކްޓޯބަރުމަސް ނިމުމުގެ ކުރިން އެ އަމާޒަށް ވާސިލްވެވޭނޭކަމަށެވެ. އިމިގްރޭޝަނުން މިހާރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 15 އަށްވުރެ ގިނަ އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފަށާފައެވެ.
އަތޮޅުގެ ރަށްތަކުން ޕާސްޕޯޓް ހެއްދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަބަދުވެސް އުއްމީދެކެވެ. މާލެ ގޮސް ޕާސްޕޯޓް ހެދުމަކީ ބޮޑު ތަކްލީފެއްކަމަށް އަތޮޅުތެރޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ އަބަދުވެސް ޝަކުވާއަށް ވެފައި އޮންނަ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް