ރައީސް ސޯލިހު ޓީއެފްޖީ ދުވުމުގައި ބައިވެރިވަނީ
ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން، ލާމު އަތޮޅުގައި އިންތިޒާމްކޮށްގެން ބާއްވާ "ކޮކާ ކޯލާ ރަން އިން ލާމު"ގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ ގޮަތަށް ހަމަޖެހިއްޖެއެވެ.
މިކަން ރައީސް އޮފީހުގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދީފައެވެ.
މި ދުުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގައެވެ. މި ދުވުމުގައި ބައިވެރިވުމަށް އެމަނިކުފާނު ލާމު އަތޮޅަށް ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުގައެވެ.
ޓީއެފްޖީގެ ފަރާތުން ރަން އިން ލާމު ބާއްވާ މިއީ ދެވަނަ ފަހަރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަކީ ޓީއެފްޖީގެ މެންބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް