ބަނޑިދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދ.އަތޮޅު ބަނޑިދޫގައި ބޭންކް އޮފް މޯލްޑިވްސް އިން ޤާއިމްކުރި އޭޓީއެމްގެ ހިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
ބަނޑިދޫގައި އޭޓިއެމްގެ ހިދުމަތް ރައީސް ޑރ.މުއިއްޒު ފައްޓަވައިދެއްވީ ދ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އޭޓީއެމް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން ރައީސް ޑރ.މުއިއްޒު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި އެއަށްފަހު ރައީސް ވަނީ، އެންމެފުރަތަމަ ބޭނުންކުރެއްވި ކޭޝްކާޑު ވަނީ އެރަށު ކައުންސިލާ ހަވާލުކޮށްދީފައެވެ.

މިކަމަށްޓަކައި މިއަދު ބަނޑިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއަދު ހުޅުވުނު އޭޓީއެމްގެ ހިދުމަތާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތުގެ އިތުރުން ލޯނުތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމުވެސް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން އެ އަމާޒަށް ވާސިލްވެވޭނޭކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް