މެލޭޝިޔާގެ ސަފީރުކަމުގެ ފަތްކޮޅު ވިސާމަށް ދީފި
ދިވެހިރާއްޖޭގެ ފަރާތުން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ ފަތްކޮޅު، ވިސާމް އަލީ އައްޔަންކޮށްފިއެވެ.
ވިސާމަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ދެއްވާފައެވެ.
އެކަމަނާއަށް ފަތްކޮޅު އެރުވުން މިއަދު އޮތީ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
ވިސާމް އެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ވިސާމް ވަނީ މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް