އޭސީ އައުޓްޑޯ މަތީގައި ގަސްމުށި ބަހައްޓާފައިހުރޭތޯ މާލެސިޓީ ކައުންސިލުން ޗެކްކުރަނީ!
އޭސީ އައުޓްޑޯ ޔުނިޓްމަތީގައި ގަސްމުށި ބަހައްޓާފައިހުރޭތޯ މާލެސިޓީ ކައުންސިލުން ޗެކްކުރާނޭ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މާލެސިޓީ ކައުންސިލުން ބުނީ އެއްވެސް ރައްކާތެރިކަމެއްނެތި ކޮންމެ ވަގުތެއްގައިވެސް މަގުމައްޗަށް ވެއްޓިދާނެ ގޮތަށް ބައެއް ފަރާތްތަކުން އޭސީ އައުޓްޑޯ ޔުނިޓްމަތީގައި ގަސްމުށި ބަހައްޓާފައި ހުންނަ ކަމަށެވެ. މާލެސިޓީ ކައުންސިލުން ބުނީ އޭސީ އައުޓްޑޯ ޔުނިޓް މަތީގެ އިތުރުން ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭ ގޮތަށް ގަސްމުށި ފަދަ އެއްޗެހި ބެހެއްޓުމަކީ މަނާކަމެއްކަމަށެވެ.
އެހެންކަމުން ހުރިހާ ރައްޔިތުންގެ ރައްކަލަކަށްޓަކައި އެގޮތަށް ގަސްމުށި ބަހައްޓާފައިހުރޭތޯ ޗެކްކުރަމުންދާނޭކަމަށް ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އޭސީ އައުޓްޑޯ ޔުނިޓް މަތީގައި ގަސްމުށި ފަދަ އެއްޗެހި ބަހައްޓައިގެން އެ ވެއްޓުމުގެ ހާދިސާތައް މީގެކުރިން ހިނގާފައި އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް