އާއިލާއާއެކު އައިޝްވަރްޔާ ރާއްޖޭގައި
އެނިވާރސަރީ ފާހަގަކުރުމަށް އައިޝްވަރްޔާ ރާއީ ބައްޗަން އާއިލާއާއެކު ރާއްޖެ އަތުވެއްޖެއެވެ.
އައިޝްވަރްޔާ ރާއްޖެ އައިސްފައިވަނީ ފިރިމީހާ އަބީޝެކް އަދި ދަރިފުޅު އަރާދްޔާ އަކުގައެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެެއާއިލާ ރާއްޖެ އައިސްފައިވަނީ އަބީޝެކް އަދި އައިޝްވަރްޔާގެ ކައިވެންޏަށް ބާރަ އަހަރު ފުރުން ފާހަގަކުރުމަށެވެ.
ދެހާސް ހަތްވަނަ އަހަރު ކައިވެނި ކުރި އައިޝްވަރްޔާ އަދި އަބީޝެކް ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިޒޯޓްގައެވެ. އައިޝްވާރިޔާ އަދި އަބީޝެކް ވަނީ އެމީހުންގެ ޗުއްޓީހޭދަކުރަމުންދާ ރިޒޯޓްގެ ރީތި މަންޒަރުތައް އެމީހުންގެ ސޯޝަލް މީޑީއާގައި ހިއްސާކޮށްފައެވެ.
ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ދާދިފަހުން މަލައިކާ އަދި އަރުޖުން ކަޕޫރުވެސް ޗުއްޓީ ހޭދަކޮށްލަން އައިސްފައިވާ ރިޒޯޓެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް