ކޯޓުތަކުގެ ޖާގައިގެ ދަތިކަމުން މަސައްކަތަށް ބުރޫ އަރާ: އުއްތަމަ ފަނޑިޔާރު
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޖާގައިގެ ދަތިކަމުން އެކޯޓުތަކުގެ މަސައްކަތްތަކަށް ބުރޫއަރަމުންދާކަމަށް އުއްތަމަ ފަނޑިޔާރު ޑޜ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ޖުޑީޝަލް އިޔާ 2019" އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު ރޭ ވިދާޅުވީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމުން އެ ކޯޓުތަކުގެ ޕާފޯމެންސަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.
"ޝަރުއީ ދާއިރާގެ ޕާފޯމަންސް ރަނގަޅުކޮށް ކޯޓުތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޯޓުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެގޮތުން އެމަނިކުފާނު ވަނީ މެޖިސްޓްރޭޓް ކޯޓުތަކަށާއި، މާލޭގައި ހުރި ބައެއް ކޯޓްތަކަށްވެސް ޖާގައިގެ ދަތިކަމާއި އިމާރާތުގެ ދަތިކަމާއި ކުރިމަތިލާންޖެހިފައިވާކަމަށް ވިދާޅުވެފައެވެ.
މކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް އަދުލު އިންސާފަށް ވާސިލުވުމުގެ ގޮތުން ސްޓްރަކްޗަރަލް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަމަށް އެމަނިކުފާނު ރޭ ވިދާޅުވިއެެވެ.
އަދި އަދުލު އިންސާފަށް ވާސިލުވެ، އަދުލު އިންސާފަށް ވާސިލުވުމުގެ އަވަސްކަން އިތުރު ކުރުމާ އެކު، ޝަރުއީ ދާއިރާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށްވެސް މިރޭ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް