N/A
N/A
ހަބަރު 06 Mar 2019 | 07:11

ދީނީ އިލްމުވެރިންނަށް "ކަލޭމެން ބޭނުންވާ އެއްޗެއް ކަލޭމެން ބުނޭ އަހަރެމެން ބޭނުންއެއްޗެއް އަހަރެމެންބުނާނީ" ނަޝީދު

މިދިޔަ ހަފްތާތެރޭގައި ޗެނަލް ނިއުސް އޭޝިޔާއިން ދިވެހި ރާއްޖެއާއިބެހޭގޮތުން ދެއްކި ޑޮކިއުމެންޓްރީ ބަލާލުމުން ވަރަށް ގިނަ އެއްޗެއްހިތަކެއް އެގި ހާމަވެގެންދެއެވެ. މި ޑޮކިއުމަންޓްރީއަކީ ދިވެހި ރާއްޖޭގެ ބުރުސޫރަ ހުތުރުކޮށް ރާއްޖޭގައިވާ އިސްލާމްދީނުގެ ރީތި ތަސައްވުރު ކިލނަބުކޮށް ކުރިއަށް އޮތްތާގައި ދިވެހި ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅަށް ހިންގަން ބަޔަކު ރާވާރޭވުންތަކެއްގެ ކޮޅުމައްޗޭ ބުނެވިދާނެއެވެ. މިޑޮކިއުމަންޓްރީ ތައްޔާރުކުރުމާއި ޑޮކިއުމަންޓްރީގައި އިންޓަވިއު ދީފައިވާ މީހުންނާއި އަދި އެޑޮކިއުމަންޓްރީ ނެގުމަށް ރާއްޖޭގެ މީހުންއުޅޭ ރަށްރަށަށާއި ރިސޯޓްތަކަށް ދަތުރުކޮށް ކޮށްފައިވާ މަސައްކަތަކީ ދިވެހިންގެ ތެރެއިން ބާރުގަދަ ބަޔަކު އަޑީގައިތިބެގެންނޫނީ ނުކުރެވޭނެ ކަންކަމެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އިންޑިޔާގެ ބަޔަކު ޖަރުމަން ޓީވީއަކަށް ހަމަ މިޑޮކިއުމަންޓްރީ ތައްޔާރުކުރުމަށް ޓޫރިސްޓް ވިސާގައި އައިސްގެން އުޅެނިކޮށް އެމީހުންގެ ސިއްރު މަސައްކަތް ފަޅާއަރައި ޑިޕޯޓްކޮށްފައިވެއެވެ. އެފަހަރު އެމީހުންނަށް މަގުދައްކައި އާރްކާޓީއަކަށް ވެގެންއުޅުނީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބް ޝަހީމެވެ. މިފަހަރު މިއައި ގްރޫޕްއައިސްފައިވަނީ ރައީސް މުހައްމަދު ނަޝީދު ކޮޅުބުގައި ހުންނަވަނިކޮށް އޭނާގޮވައިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދަތުރުފުޅުކުރެއްވި މަތިންދާ ބޯޓްގައިކަން އެގެނީ އެދަތުރުމަތީގެ ސެލެބްރޭޝަންތައް ޑޮކިއުމަންޓްރީގައި ހިމަނާފައިވުމުންނެވެ.

ޑޮކިއުމަންޓްރީގައި އިންޓަވިއުދީފައިވާ މައިގަޑު މީހުންނަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދާއި ހއ ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމާއި އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއްކަމަށްވާ މަންދުކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލާއި ދިވެހި ރާއްޖޭގައި ހައްދުފަހަނައަޅައިދިއުން ސިފަކޮށްދޭ ފޮތެއް ލިޔުނު އިންޑިޔާގެ މީހަކާއި ބައެއް އާއްމުން ހިމެނެއެވެ.

މިޑޮކިއުމަންޓްރީގައި ރާއްޖެ ތައާރަފްކުރަން ފަށާފައިވަނީ ދުނިޔޭގެ އެންމެ ރީތި ހިތްގައިމު މަންޒިލްގެގޮތުގައެވެ. ދެން އެމީހުންގެ މަކަރުވެރި އަސްލު މަގުސަދަށް އެބުރިލައެވެ. ވެރިރަށް މާލެ ސިފަކޮށްފައިވަނީ މެކްސިކޯގެ މާފިޔާ ގޭންގްތައް ކޮންޓްރޯލް އޮންނަ ބިރުވެރި ތަނެއްގެ ގޮތުގައެވެ. ދައްކާ އަދިރި ވީޑިއޯތަކާއި ގޭންގްތަކަށް ނިސްބަތްވާ މީހުންނެވެ. ދިވެހި ރާއްޖެއަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާޚާއްސަކޮށް އައިއެސްގެ ކަޅުދިދަ އުފުލާ މީހުންގެ ކިއްލާއެއްގެ ގޮތުގައެވެ.

މިއީ ރާވައިގެން ޕްލޭންކޮށްގެން ދިވެހިންގެ ބަޔަކު އަޑީގައިތިބެގެން ހިންގާ ޕްރޮޕެގެންޑާއެއް

ޝްރިޝް ތޮރަޓް ކިޔާ އިންޑިޔާމީހާ ބުނެފައިވަނީ މުޅި ދިވެހި ރާއްޖެއަށް ހައްދުފަހަނައަޅައިދިއުން އާއްމުވެ ވަކި ހިއްޕައިލީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސައޫދީ އަރަބިއްޔާއިން ސްޕޮންސަރކޮށްގެން ހަރަކާތްތެރިވި ޖަމާއަތްތަކުންނެވެ. މިޖަމާއަތްތަކުން މީހުންގެ ސިކުނޑިދޮވެލީއެވެ. ސީރިޔާ ހަގުރާމައަށްދާ ދިވެހިންނަކީ ހަގުރާމަވެރިންގެ ތެރޭގައި ވަރަށް މަގްބޫލު ބައެއްކަމަށާއި އެއީ ދިވެހިން ތިބޭލެއް ވަރުގަދަކަމުންނާއި ލޭއޮހުރުވަން ފަސްނުޖެހުމާއި ސައޫދީ އިންފުލުއެންސާހެދި އެމީހުންނަކީ މާއިސްލާމްކަން ގަދަބައެއްކަމަށް މިމީހާ ބުނެއެވެ. ސީރިޔާގައި ތިބޭ އިންޑިޔާ މީހުންގެ އަތަށް ހަތިޔާރެއް ނުދެއެވެ. ދިވެހިންގެ އަތަށް ހަތިޔާރު ދެއެވެ. އެއީ އިންޑިޔާގައި ކިޔަވައިދެނީ އިސްލާމްދީނުގެ ސޮފްޓްވާޝަންކަމަށްވާތީއެވެ. ދިވެހި ރާއްޖެ މިމީހުން ސިފަކުރަންބޭނުންވާ ހުރިހައި ހުތުރުސިފައަކުން މިމީހާ ސިފަކޮށްދިނެވެ. އެކްސްޓްރިމިސްޓް ފިކުރު، ބޯޖަންގައްޔެއްގައި އަލިފާން ރޯވެ އަދާހެން ރާއްޖޭގައި ފެތުރި އަދަމުންދާކަމަށް ބުންޏެވެ.

ދެން އަންނަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދެވެ. ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ވަރަށް މުހިއްމު ޕޮޒިޝަންތަކުގައި މިހާރުވެސްތިބީ ސަލަފިސްޓުންކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެންމެ ހަރުކަށި ހައްދުފަހަނައަޅާފައިވާ މީހުންނެވެ. ސަލާމަތީ ބާރުތަކުގެތެރޭގައި ސީރިޔާއަށް މީހުން ރެކްރޫޓްކުރާ ވިއުގަތައް ގުޅިފައިވާކަމަށް ނަޝީދު ވިދާޅުވެއެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. ސަލަފިސްޓުންނަކީ ކޮންބައެއް ހެއްޔެވެ. އިސްލާމްދީނުގެ އިލްމުވެރިޔަކުކުރެން އަހާލީމާ ވިދާޅުވީ ސަލަފުންނަކީ ކީރިތި މާތްރަސޫލާގެ ސަހާބީންނާއި އެބޭކަލުންނާ ޖެހިގެން ދެމިގެންދިޔަ ހަތަރު ގަރުނާއިހަމައަށް ސަހާބީންގެ ދީނީކަންކަމާއި ދިރިއުޅުއްވުން ފޮލޯކުރަމުންދިޔަ މުސްލިމުންނެވެ. ހަތަރުވަނަ ގަރުނުގެފަހުން ސަލަފުއްސާލިހުންގެ ލަގަބެއް ނުދެވެއެވެ. އެފަދައިން ނިސްބަތެއްވެސް ނުކުރެއެވެ. އެހެންވީމާ މުހައްމަދު ނަޝީދު އިސްލާމްދީނުގެ ސަލަފުއްސާލިހުންނަށް ނިސްބަތްވާގޮތަށް އިސްލާމްދީނުގެ އަދުއްވުން މުސްލިމުންނަށް މިއަދު ކިޔާ ސަލަފިސްޓުންނޭ ވިދާޅުވަނީ ކީއްވެގެންހެއްޔެވެ. އިސްލާމްދީނުގެ އަދާވާތްތެރިން ސަލަފިސްޓުންނޭ ކިޔަނީ ރާއްޖޭގައި އޮންނަ ސަލަފުޖަމްއިއްޔާއާއި ގުޅިފައިވާ ޝެއިޚުންނަކަށް ނޫނެވެ. އެކަމަކު އާއެކެވެ. ރާއްޖޭގައިވެސް ސަލަފިސްޓުންނޭ ކިޔައިގެން އެބަސްއާއްމުކޮށްހަދަނީ އެނިސްބަތްކުރެވޭ ސަލަފުއްސާހިލުންނަށް ބަދުބަސް ރައްދުކޮށް، ހުތުރު ތަސައްވުރެއް ދިވެހިންގެ ތެރޭގައި އުފެއްދުމަށެވެ. ސަލަފިސްޓުންނޭ ކިޔައިގެން ވާހަކަދައްކާ އާއްމުމީހާއަށް ތިމަންނަ މިނިސްބަތްކުރަނީ ސަހާބީންނަށްކަން އެގޭނަމަ އޭނާ އަމިއްލަ ނަފްސަށް މަލާމަތްކުރީހެވެ.

ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގައި މީގެކުރިންވެސް ރިލިޖަސް ކޮންޓްރަވަސީތައް އުފައްދެވުމުގައި އަރައިހުންނެވި ބޭފުޅެކެވެ. އެވާހަކަތައް މިއާރޓިކަލްގައި ގެންނާކަށްނެތީމެވެ. ދިވެހި ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ނިސްބަތްކުރައްވައި ނަޝީދު މިޑޮކިއުމަންޓްރީގައި ވިދާޅުވެއެވެ. " އަޅުގަނޑުބުނަންއޮތީ އޯކޭއޭ ކަލޭމެންބުނާއެއްޗެއް ކަލޭމެންބުނާށޭ. އަހަރެމެންބުނާއެއްޗެއް އަހަރެމެންބުނާނަމޭ" އަދިވެސް އޭނާ ވިދާޅުވެއެވެ. " " އަޅުގަނޑުމެންނަކީ ޕާކެޕިޓާ އެންމެ މަތީގައިވާ ގައުމު ސީރިޔާގެ ހަގުރާމައަށް މީހުންފޮނުވާ. ( ސީރިޔާގައި ތިބި ދިވެހިންގެ އަދަދު ) އަޅުގަނޑުމެންގެ ހިސާބަކީ 300 ވަރަކަށް މީހުން. އެކަމަކު އަހަންނަށް ހީވަނީ ދުނިޔޭގެ އިންޓެލިޖެންސްއެޖެންސީތަކުން ލަފާކުރާ އަދަދަކީ އެއްހާސް" ނަޝީދުގެ ހިސާބަކީ 300 ކަމަށްވީނަމަވެސް ރާއްޖޭގައި އިންޓެލިޖެންސް އިދާރާތަކުން ގެންގުޅޭ ރެކޯޑަކީ 61 މީހުންކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ވެރިޔާ ދާދިފަހުން ވިދާޅުވެފައިވެއެވެ.

ޔާމީން ރަޝީދު މަރާލީ ހައްދުފަހަނައަޅާފައިވާ މީހުންކަމަށްބުނޭ

މިޑޮކިއުމަންޓްރީގައި ބުނެދެނީ މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކަކީ ރިލިޖަސް ޕޮލިސްގެ ގޮތުގައި އެކްސްޓްރިމިސްޓުން ބޭނުންކުރާ ބައެއްކަމަށެވެ. ސީރިޔާގައި ހަގުރާމަކުރާ އައިއެސްވަނީ މިސްޓްރީޓް ގޭންގްތަކާއި ގުޅިފައެވެ. ޔާމީން ރަޝީދު މަރާލީ ހައްދުފަހަނައަޅާފައިވާ މީހުންކަމަށް މިޑޮކިއުމަންޓްރީގައި ބުނެދެއެވެ.

ދެން އަންނަނީ ރާއްޖޭގައި ފަހަކަށްއައިސް ދީނީ ކޮންޓްރަވަސީއެއް އުފެއްދި މަންދުކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލެވެ. އޭނާއަކީ އެކްސްޓްރިމިސްޓުންގެ މިހާރުގެ ޓާގެޓްކަމަށް މިޑޮކިއުމަންޓްރީގައި ބުނެއެވެ. އިބްރާހިމް އިސްމާއީލާއި އެމީހުން ސުވާލުކުރުން ބުނެއެވެ. " އަހަރެން ފުލުހަށް ގެންދިޔަ އަހަރެންގެ ޓްވީޓްތަކާއިގުޅޭގޮތުން ސުވާލުކުރަން. އަހަރެން ގެންދިޔައިމާ އަހަރެންބުނިން ކަލޭމެންނަށްއެގޭހޭ ގަވާއިދެއްއޮންނަކަން ދީނީ ވައުޟުބުނުމާއިމެދު. އަހަރެންނަށް އެގެއޭ އަހަރެންނޭ އޭތި ލިޔުނީ. ހަތް އަހަރުވެގެންދިޔައިރު ފުލުހުންނަކަށް ނޭގުނު އެގަވާއިދެއް އޮންނަކަމެއް" އޭނާ ބުނަނީ ޔާމީން ރަޝީދާއި ރިޟުވާން މަރާލުމަށްފަހު ހައްދުފަހަނައަޅައިދިއުމުގެ ކަންކަން އެހެން ލެވެލަކަށް މިހާރު ރާއްޖޭގައި ޖެހިފައިވާކަމަށެވެ.

ދިއްދޫގައި އަންހެންކުދިން ބުރުގާ އަޅާތީ ކަންބޮޑުވޭ

ހއ ދިއްދޫ ކައުންސިލަށް އެމްޑީޕީގެ ކައުންސިލަރެއްގެގޮތުގައި އިންތިޚާބުވެ ކައުންސިލްގެ ރައީސްކަން ކުރި އަލީ ހާޝިމް ކިޔާ މީހަކުވެސް މިޑޮކިއުމަންޓްރީގައި އޭނާގެ ރަށުގައި ކުދިން ބުރުގާ އަޅާތީ ކަންބޮޑުވެގެން ވާހަކަދެއްކިއެވެ. ” ހުރިހާ ކުދިން މިތިބީ ވެއިލްއަޅައިގެން. މިކަން މިފެށުނީ ވަރަށް ފަހުން. މިހާރު ކަލެއަށްފެންނާނެ ގްރޭޑް އެކަކުންފެށީގެން 10 އާއި ހަމައަށް ހުރިހައި އެންމެން ( އަންހެންކުދިން ) ވޭއިލް އަޅައިގެން އެތިބީ. މިއީ އަޅުގަނޑުމެންނަށް ފެންނަ ހައްދުފަހަނައަޅައިދިއުމުގެ ގޮތެއް. މިއީ ރަގަޅު ސައިންއެއްނޫން އެއްގޮތަކަށްވެސް" އަލީ ހާޝިމް ބުނަނީ ދީނީ އިލްމުވެރިން ދިއްދުއަށް ދީނީ ނަސޭހަތްދޭން ދިއުމަކީ އެއްގޮތަކަށްވެސް އޭނާ އެދޭކަމެއްނޫންކަމަށެވެ. އިސްލާމިކް މިނިސްޓްރީން ލައިސަންސްދީފައި އޮންނާތީ އެކަން މަނާކުރެވޭކަށެއްވެސް ނޯވެއެވެ. ދީނީ ޝައިޚުން މީހުންގެ ބޮލަށް ހަރުކަށި ވިސްނުމާއެކު ސަވާރުވެގަންނަނީ މިދަރުސްތަކުންކަމަށް އޭނާ ބުނެއެވެ.

އަޅުގަނޑު ހިތަށްއެރިއެވެ. ދިއްދޫއަކީ އިސްލާމްދީނަށް ވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށަކަށްވެފައި އިސްލާމްދީނުގެ ކަންކަމާއި މިފަދަ އިދިކޮޅު ހަދާ މީހަކު ރައްޔިތުން އިޚްތިޔާރުކުރީ ކީއްވެގެންބާވައެވެ.

މިޑޮކިއުމަންޓްރީ އުފެއްދި މީހުންގެ އެއް އަމާޒަކީ ޝެއިޚް އާދަމް ޝަމީމެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެތެރޭގައި އަންދަލުސްއާއިބެހޭގޮތުން އޭނާ ދަރުސް ދިން ދުވަހުންފެށިގެން އޭނާދެކެ ވަރަށް މަތީ ދަރަޖައަކަށް ނަފްރަތު އުފެދި ހައްދުފަހަނައަޅާފައިވާ މީހުންގެ އެންމެ އިސްމީހާއަށް އޭނާ ހަދާފައިވެއެވެ. އަދި އިންޑިޔާއާއި އެމެރިކާގެ ބްލެކް ލިސްޓަށް އޭނާގެ ނަން އަރުވައި އޭނާއަކީ ސީރިޔާއަށް މީހުން ފޮނުވާ އިސް އެޖެންޓްކަމަށް މިޑޮކޮއުމަންޓްރީގައި ބުނެދެއެވެ. އޭނާއާއި ބައްދަލުކުރަން ސިއްރުކެމެރާ އަޅުވައިގެން އެމީހުންދެއެވެ. އެކަމަކު ބައްދަލެއް ނުވިއެވެ. އޭނާއަކީ މީހުން ރެކްރޫޓްކުރާ މީހާކަން ސާބިތުކޮށްދޭން އެމީހުން ބައްދަލުކުރަނީ ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއެވެ. އެކަމަކު އާދަމް ޝަމީމަކީ ސީރިޔާއަށް ދިވެހިން ރެކްރޫޓްކުރާ މީހެއްކަމުގެ މައުލޫމާތު އޭނާގެ ސެންޓަރަށް ލިބިފައިނުވާކަމަށް މަންސޫރު ވިދާޅުވިއެވެ. ދިވެހިންގެ އެކްސްޓްރިމިސްޓް ވިސްނުމާބެހޭގޮތުން މީހުންލައްވާ ވާހަކަދައްކަން އުޅެގެން ވަރަށް ގިނަ މީހުން ހެދީ އިދިކޮޅެވެ. އެހެންވެ ރިސޯޓަކަށް ސްޕައިކެމެރާ ހަރުކޮށްގެން ގޮސް މީހުންގެ އިންޓަވިއުނަގައެވެ.

އަޅުގަނޑު ހިތަށްއެރިއެވެ. ދިވެހި ގައުމިއްޔަތެއް އަލުން ކަނޑައަޅަންއުޅޭ ބަޔަކު ބޭރު މީހުން ލައްވައި ދިވެހި ރާއްޖެ ބަދުނާމްކޮށް ގައުމުގެ ތަސައްވުރު ކިލަނބުކޮށް ދުނިޔޭގެ ކުރިމަތީގައި މިހާވަރަށް އަގުވަށްޓާލަން އުޅެނީ ކީއްވެބާއެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ހުރިހައި ދީނެއްގައިވެސް ހައްދު ފަހަނައަޅައިދިއުން އޮވެއެވެ. އިންޑިޔާގައި އެކްސްޓްރީމިސްޓު ހިންދޫންގެ މައްޗަށް ފޮތް ލިއުން ތާހިރުނޫންތޯއެވެ. މިޑޮކިއުމަންޓްރީހަދާފައިވަނީ ދިވެހި ސަރުކާރާއި މޯލްޑިވްސް ޕޮލިސް ސަވިސްއިން އެކަންކުރަން އެމީހުންނަށް ހުޅުވައިލުމުންކަމަށް ބުނެވިދާނެއެވެ. އެއީ މީގެކުރިން ދިވެހި ރާއްޖެއައިސް ރާއްޖެ ބަދުނާމުކުރުމުގެ ކަންކަންކުރަން އުޅޭ މިބާވަތުގެ ހަރަކާތްތެރިންނަށް ފުލުހުން ހުރަސްއަޅާތީއެވެ. މިއަދު އެމީހުންނަށް ގައުމުގެ ދޮރާށިތައް ހުޅުވައިލީއެވެ. މީގެއިތުރަށް ދިވެހި ރާއްޖެއާއިބެހޭގޮތުން ވަރަށް ގިނަ ދޮގުމައުލޫމާތު ހިމަނައިގެން ކުޅެފައިވާ ޕްރޮޕެގެންޑާ އެއްޗެއްގައި ދިވެހި ގައުމުގެ ހެޑް އޮފް ސްޓޭޓްކަންކުރައްވައި ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިފަހައްޓަވަންޖެހޭ އިއްޒަތްތެރި ބޭފުޅަކު ބައިވެރިވެވަޑައިގެން މިމުޑުދާރު ޕްރޮޕެގެންޑާގެ ތެރޭގައި ބައިވެރިވެވަޑައިގަތުމަކީ އެއްގޮތަކުން ބަލާއިރު ދިވެހިން ވަރަށް ލަދުވެތިވާންޖެހޭފަދަ ކަމެކެވެ. މިއީ މިހިނދަށް އަދި ފެށުމެކޭ ބުނެވިދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...