ގެނބިގެން އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ
ގެނބިގެން އަނެއްކާވެސް ޓްއަރިސްޓަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ އއ. ކުރަމަތީ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު ހަތަރުގަޑި ފަންސާސް ހާއިރު ގެނބިގެން ޓޫރިސްޓަކު މަރުވެފައިވާކަމަށެވެ. މަރުވެފައިވަނީ ޖަރުމަނު 60 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެއަންހެން މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ޓްއަރިސްޓުން ގެނބިގެން މަރުވުމަކީ އާންމުކަމެކެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް ޓުއަރިސްޓަކު މަރުވެފައިވާއިރު، ޓްއަރިޒަމް މިނިސްޓްރީން އަންނަނީ ފަތުރުވެރިންނަށް ދިމާވާ އެފަދަ މައްސަލަތައް ދެނެގަނެ ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް