މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރި ގަނޑެއް ތަޅާލައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަމީނީމަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރި ގަނޑެއް ތަޅާލާފައިވާ މައްސަލައެއް ރޭ ދަންވަރު 3:06 ހާއިރު އެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޭއެފްސީ ބިއްލޫރިގަނޑެއް ތަޅާލާފައިވާއިރު، ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާ ތަކާއި ގުޅިގެން، އިސްރާއީލަށް އެހީދޭ ވިޔަފާރިތައް ބޯއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް ރާއްޖޭގައިވެސް ވަނީ ގަދަ ވެފައެވެ.
އެގޮތުން، ކޭއެފްސީ އަކީވެސް އެފަދަ ވިޔަފާރިއަކަށް ވާއިރު، އެތަން ބޯއިކޮޓް ކުރުމަށް ގޮވާލައި އެތަނުގެ ބޭރުގައި ސިލްސިލާކޮށް ބައެއް ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް