ހުޅުމާލޭގެ ބީޗްގައި ޕިކްނިކް މޭޒުތަކެއް ބަހައްޓައިިފި
ހުޅުމާލެ ބަލަހައްޓަމުންދާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެރަށުގެ ބީޗްގައި ޕިކްނިކް މޭޒުތަކެއް ބަހައްޓައިފިއެވެ.
މި ޕިކްނިކް މޭޒުތައް ބަހައްޓާފައިވަނީ އެރަށުގެ އިރުމަތީ ފަރާތު ޕަބްލިކް ބީޗް ސަރަހައްދުގައެވެ.
މި ސަރަހައްދުގައި ޕިކްނިކް މޭޒުތަކާއި އިށީންނާނެ ތަންތަން ގާއިމްކުރިއިރު، މި އެއްޗެހި ހަދާފައިވަނީ އެ ސަރަހައްދުގައި މީގެ ކުރިން ހުރި ފިތުރޯނު ގަސްގަހުގެ ލަކުޑިންނެވެ.
ހުޅުމާލޭގެ އިރުމަތީ ފަރާތު ބީޗަކީ ގިނަ އަދަދެއްގެ ފަރާތްތަކުން މޫދަށް އެރުމާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ސަރަހައްދެކެވެ.
ފޮޓޯ: ޒިނަފް/ ޓްވިޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް