ރޯދަމަހުގައި މާލޭގައި އެކަނިވެސް 56 އެކްސިޑެންޓް
ރޯދަމަހުގެ މިހާތަނަށް މާލޭގައި އެކަނިވެސް 56އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ބުނީ މަހުގެ 4-10 ވަނަ ދުވަހާ ހަމަޔަށް މާލޭގައި، 56 އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ. އެ އެކްސިޑެންޓްތަކުގައި 11 މީހަކަށްވަނީ އަނިޔާވެފައެވެ.
މި ރޯދަ މަހު ހިންގި ޓްރެފިކް އޮޕަރޭޝަންތަކުގައި 417 ވެހިކަލް ބެލިއިރު، ވެހިކަލް ދުއްވި 99 މީހުންނަކީ ލައިސަންސް ނެތް ފަރާތްތަކެއްކަން ފުލުހުން ފާހަގަކުރިއެވެ. އަދި ލައިސަންސް ކާޑް އަތުގައި ނެތި 57 މީހަކު ވެހިކަލް ދުއްވި އިރު، 18 އަހަރުން ދަށުގެ ދެ ކުއްޖަކު ވެހިކަލް ދުއްވި މައްސަލައެއް ފުލުހުން ބެލި އެވެ.
މީގެ އިތުރުން، ވަންވޭއާ ހިލާފަށް ވެހިކަލް ދުއްވި 15 މައްސަލަ ރިޕޯޓް ކުރިއިރު، މާ ބާރަށް ވެހިކަލް ދުއްވި 14 މައްސަލަ ވަނީ ބަލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް