އިންޑިޔާ އެމްބަސީގެ އާ އިމާރާތް ހުޅުމާލޭގައި އަޅަނީ
ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީގެ އާ އިމާރާތް ހުޅުމާލޭގައި އެޅުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުން ނެރުނު ޖޮއިންޓް ޕްރެސް ރިލީސްއެއްގައެވެ.
އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ސުޝްމާ ވަނީ ރާއްޖޭގެ ފަރާތުން އިންޑިޔާ އެމްބަސީގެ އާ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިމެއް ދެއްވިކަމަށްޓަކައި، ރާއްޖޭގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. މިއީ ބޭރު ގައުމެއްގެ އެމްބަސީއެއް ފުރަމާލެއިން ބޭރުގައި ގާއިމްކުރެވޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން އިންޑިޔާގެ އެމްބަސީ އެޅުމަށް މާލޭ ނާސަރީ ހުރި ބިން ހުސްކުރެވުނެވެ. ނަމަވެސް އެތަނުގައި އެ އިމާރާތުގެ މަސައްކަތް ފެށިފައެއް ނުވެއެވެ.
އިންޑިޔާގެ އެމްބަސީ މިހާރު ހިންގަމުންދަނީ އަތިރީގެއާގެ ގައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް