ކުރީ ސަރުކާރުގައި އެޗްޑީސީން 200 މިލިއަންގެ ހިޔާނާތް، ތަހުގީގު ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދެހާސްނަވާރަ ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މިލްކިޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ހުށައަޅައިފި އެވެ.
އެކަން އެޗްޑީސީން މިރޭ ވަނީ ހާމަކޮަށްފަ އެވެ. އެ ކޯޕަރޭޝަނުން ބުނީ މި ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވައްކަން ކުރުމާއި ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާނެ ގޮތަށް ބިންތައް ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ހިންގާފައިވާ ކަމަށެވެ.
އަދި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ކޯޕަރޭޝަންގެ ސަމާލު ކަަމަށް އައިސްފައިވާ ކަމަށެވެ.
އެހެން ކަމުން އެކަންކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތަހުގީގީ އިދާރާތަަކަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ބުނީ އެކަންކަމަށް އެ ކޯޕަރޭޝަންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް