ފީއަލީގައި ޑެންގޫބަލި ފެތުރި، ސްކޫލް ބަންދުކޮށްފި
ފ.ފީއަލީގައި ޑެންގޫބަލި ފެތުރެމުންދާ މިންވަރު އިތުރުވުމާއި ގުޅިގެން އެރަށުގައި ހުންނަ ފ.އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފީއަލީ ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވީ ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލު ކުރަމުންދާ އެސްކޫލުގެ ކިޔެވުން، ޑެންގޫ ބަލި ފެތުރެމުންދިޔުމާއި ގުޅިގެން ފަސް ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.
ފީއަލީގެ ގިނަ އަދަދެއްގެ ކިޔަވާ ކުދިންނަށް ޑެންގޫ ޖެހިފައިވާއިރު، އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ސީރިއަސްވެގެން ވަނީ މާލެއަށް ގެނެވިފައެވެ.
އެރަށުގައި ޑެންގޫ ފެތުރުން ކޮންޓްރޯލްކުރުމަށް ގެތަކުގައި ފެން ހެދޭނެ ގޮތައް ހުންނަ ތަންތަން ނައްތާލުމާއި މުޅިރަށު ތެރެ ފޮގް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް