ަމަރުތަކާއި ބެހޭ ކޮމިޝަނަށް ހާޒިރުވާން ޝުމްބާއަށް އަންގައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ގަރާރަކުން އުފައްދާފައިވާ ގެއްލިފައިވާ މީހުންނާއި މަރުތަކާއި ބެހޭ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް މިރޭ ހާޒިރުވުމަށް މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް)އަށް އަންގައިފިއެވެ.
ޝުމްބާ މިކަން ވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
އޭނާ ބުނީ ކުއްލިގޮަތަކަށް މިރޭ 20:30އަށް މަރުތަކާއި ބެހޭ ކޮމިޝަނަށް ހާޒިރުވާން އަންގައިފިކަމަށާއި، ހާޒިރުކުރެވޭ ސަބަބެއް އަންގާފައިނުވާ ކަމަށެވެ. ޝުމްބާ ވަނީ ގަޑިއަށް ކޮމިޝަންގެ ތަހުގީގަށް ހާޒިރުވާނެކަމަށް ބުނެފައެވެ.
ޝުމްބާ އިތުރަށް ބުނީ އެކޮމިޝަނުން ވަނީ ވަކި ގަޑިއަކަށް ހާޒިރުނުވެއްޖެނަމަ ފުލުހުން މެދުވެރިކޮށްގެންވެސް ހާޒިރުކުރާނެކަމަށް އިންޒާރު ދީފައެވެ.
"އަހަންނަކީ އެއްވެސް ކުށެއްގެ ތުހުމަތު އުފުލިފައިވާ އަދި ކުރެވިފައިވާ މީހެއް ނޫން"، އޭނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް