ދޫނިދޫގައި މަރުވި އަންހެން މީހާގެ އޮޓޮޕްސީ ނަހަދައި ވަޅުލައިފި
ދޫނިދޫގައި ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި އަންހެންމީހާގެ ހަށިގަނޑުގެ އޮޮޓޮޕްސީ ނަހަދައި އެ އަންހެންމީހާ ވަޅުލައިފިއެވެ.
ފުލުހުންގެ ބަންދުގައި ހުއްޓައި އިއްޔެ މަރުވި ނ މަނަދޫ ނާދީ އުމުރުން 23 އަހަރުގެ ނަޝާޔާ ރަޝީދުއެވެ. ނަޝާޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ނަހަދައި އެ ހަށިގަނޑު ވަޅުލާފައިވަނީ ކީއްވެތޯ ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
އޭނާ ވަޅުލާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އާ ސަަހަރާގައެވެ.
ނަޝާޔާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީއެއް ހެދުމަށް އާއިލާ އާއި މަޝްވަރާކޮށްދިނުމަށްވެސް ފުލުހުން އެދިފައިވާކަން ވަނީ އެނގިފައެވެ.
އޭނާގެ މަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުން ވަނީ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނާއި އެޗްއާރްސީއެމްއަށްވެސް ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް