ޕީޖީގެ މަގާމަށް، ޝަމީމުގެ ނަން ދިރާސާކުރަން ކޮމެޓީއަށް
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ހުސައިން ޝަމީމުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޕީޖީގެ މަގާމަށް އައްޔަނުކުރަން ޝަމީމުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވީ ހުސްވި ހަފްތާގައެވެ. ޝަމީމު ވަނީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލުމުން އެމަގާމަށް ތިން ފަރާތަކުން ކުރިމަތިލިއެވެ. ޝަމީމުގެ އިތުރުން ދެން އެމަގާމަށް ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ ނިހާޔަތާއި ގާނޫނީ ވަކީލު އަހުމަދު ޒަނީނެވެ.
ޕީޖީގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި އައިޝަތު ބިޝާމު މިދިޔަ މަހުގެ 28 ގައި އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވި އިރު އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
ބިޝާމު ޕީޖީގެ މަގާމަށް އައްޔަނު ކުރެއްވި ރައީސް ޔާމީންގެ ސަރުކާރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް