ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާން ހާމަކުރުމަކީ ރަނގަޅު ފެށުމެއް: ޓްރާންސްޕޭރެންސީ
ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާންތައް ހާމަކުރަން ފެށުމަކީ ރަނގަޅު ފެށުމެއްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
އެ ޖަމްއިއްޔާގެ ފަރާތުން މިހެން ބުނެފައިވަނީ މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން އެޑްވޮކެސީ އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދުއެވެ.
އައިމަން ވިދާޅުވީ މާލީ ބަޔާން ހާމަކުރަން ފެށުމަކީ ރަނގަޅު ފެށުމެއް ކަމަށާއި ނަމަވެސް ބަޔާން ހާމަކުރުމުން އެކަނި ނުފުދޭ ކަމަށެވެ. އެގޮތުން މާލީ ބަޔާން ހާމަކުރަންވާނީ ދެފުށް ފެންނަ ގޮތަކަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިކަމަށްޓަކައި އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލް އަދި ދައުލަތުގެ ޓެކްސް އިދާރާތަކަށް ހުށަހަޅައިގެން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ރަނގަޅު އޮޑިޓެއް ހެދުމަށްފަހު ބަޔާން އާއްމުކުރުމަކީ މުހިންމު ކަމެއް ކަމަށް އައިމަން ބަޔާންކުރެއްވިއެވެ.
ދައުލަތުގެ އިސްވެރިންގެ އިތުރުން މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންގެ މާލީ ބަޔާން އާންމުކުރުމަށްވެސް އައިމަން ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް