އިންޑިޔާ އިން ރާއްޖެ އަންނަ ޕަސެންޖަރުން ޗެކްކުރުން ވަރުގަދަ ކޮށްފި
އަވަށްޓެރި އިންޑިޔާއިން ރާއްޖެ އަންނަ ޕަސެންޖަރުން ޗެކްކުރުން އިތުރަށް ވަރުގަދަކޮށްފިއެވެ.
އިންޑިޔާގެ ކަސްޓަމަސް އިން ތުހުމަތު ކުރާ ގޮތުގައި އެގައުމުން މަސްތުވާތަކެތީގެ ބާވަތްތައް ބޭރުކުރުމަށް ފަހު އެތަކެތި އެހެން ގައުމުތަކަށް ގެންދިއުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރެއެވެ.
މިފަދަ ތުހުމަތުތަކެއް އިންޑިޔާގެ ކަސްޓަމްސް އިން ކުރާއިރު، މިމަހުގެ ތެރޭގައި 32 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި އެކު އިންޑިޔާގެ ކޮޗިން އެއާޕޯޓުން ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިދިޔަ އަހަރުވެސް މަސްތުވާތަކެއްޗާއި އެކު 4 ދިވެއްސަކު އިންޑިޔާއިން ހައްޔަރުކުރިއެވެ.
އެ ހަތަރު މީހުން އަދިވެސް ތިބީ އިންޑިޔާގެ ޖަލުގައި ބަންދުކޮށްފައެވެ.
އިންޑިޔާގެ ކަސްޓަމްސް އިން އެޅި ފިޔަވަޅުތަކުގެ ދަށުން ވައިގެ މަގުން ދަތުރުކުރާ ޕަސެންޖަރުންގެ އިތުރުން ކަނޑުގެ މަގުން ރާއްޖެއަށް އަންނަ އުޅަނދުތައް ވެސް އިތުރަށް ޗެކް ކުރާނެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް