އިންތިޚާބު ފަސްނުކުރާނެކަމަށް އީސީން ބުނެފި
ސުޕްރީމް ކޯޓުގެ ފަރާތުން ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވި ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރެވޭނެކަމަށް ކުރި ހުކުމާއި ގުޅިގެން އިންތިޚާބު ފަސްކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލްކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީން ބަލިވި ފަރާތްތަކަށް އަންނަ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލި ނަމަވެސް އިންތިޚާބު ބޭއްވުމަށް ޝެޑިއުލް ކޮށްފައިވާ ތާރީޚްގައި އިންތިޚާބު ބާއްވާނެ ކަމަށެވެ.
މި ބަދަލާއި އެކު ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން ކުރިއަށްދާނީ 4 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ސުޕްރީމްކޯޓުގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މެންބަރަކު ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަނަށް ހުށަހަޅައިފިނަމަ، ކޮމިޝަނުން އެމީހެއްގެ ކެންޑިޑެންސީ ބާތިލް ކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށެވެ.
މިފުރުސަތަކީ ހަމައެކަނި ޕްރައިމަރީއެއްގައި ވާދަކޮށް ނާކާމިޔާބު ފަރާތްތަކަށް އެކަނި ހުޅުވާލަން ޖެހޭ ފުރުސަތެއްކަން ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް