އެމްޑީޕީއަށް 19 އަހަރު ފުރުމާ ގުޅިގެން، ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ
އެމްޑީޕީއަށް 19 އަހަރު ފުރުމާ ގުޅިގެން، ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެންބަރުންނަށް ދަންނަވާ ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) އުފެދުނީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެމްޑީޕީއަކީ ދިވެހިރާއްޖޭގައި މިހާރު މިއޮތް ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ތެރެއިން އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަން ފާހަގަ ކޮށްލެވެއެވެ.
2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށްފަހު އެ ޕާޓީއިން ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް