ޕްރޮގްރެސިވް ކޯލިޝަންގެ ތުލުސްދޫ ދާއިރާގެ ޓިކެޓް ސިއްދީގަށް
ޕީއެންސީ އަދި ޕީޕީއެމް ގުޅިގެން ހަދާފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ ކ.ތުލުސްދޫ ދާއިރާގެ މަޖިލިސް ޓިކެޓް، މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު އަހުމަދު ސިއްދީގް ކާމިޔާބުކުރައްވައިފިއެވެ.
ސިއްދީގް މި ޓިކެޓް ކާމިޔާބުކުރެއްވީ، މިއަދު އޮތް ކޯލިޝަންގެ ޕްރައިމަރީގައި އިތުރު ތިން ބޭފުޅުންނާއި ވާދަކުރައްވައިގެން 203ވޯޓުންނެވެ.
ސިއްދީގާއި އެންމެ ގާތުން ވާދަކުރައްވާފައިވަނީ ކުރީގެ ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ ނާއިފް ޝައުކަތެވެ. ނާއިފް ހޯއްދަވާފައިވަނީ 136 ވޯޓެވެ.
ދާދިފަހުން ގާނޫނީ ވަކީލުކަމުގެ ސަނަދު ލިބިވަޑައިގެންނެވި ސިއްދީގަކީ، އެމްޑީޕީއާއި މިހާރުގެ ސަރުކާރަށް ސޯޝަލް މީޑިޔާގައި ވަރަށްބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް