އީސީގެ މެންބަރުކަމަށް ރިފްޢަތު ޢައްޔަންކުރައްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ރިފްޢަތު ޢަބްދުالله މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރިފްޢަތު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ރިފްޢަތު އަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ރިފްޢަތު އާއި ޙަވާލުކޮށްދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އެކޮމިޝަންގެ ކުރީގެ ލީގަލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ރިފްޢަތު ޢަބްދުالله އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހު 17 ވަނަ ދުވަހުއެވެ.
ކޮމިޝަނަށް ރިފްޢަތު އައްޔަނު ކޮށްފައިމިވަނީ އެ ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް