ޑރ. އާދިލު ރަޝީދު ނިޔާވެއްޖެ
ރާއްޖޭގައި ހަމުގެ ބަލިތަކަށް އެންމެ ފުރަތަމަ ފަރުވާދޭންފެށި އެއް ޑޮކްޓަރު ކަމަށްވައި ޑރ. އާދިލު ރަޝީދު ނިޔާވެއްޖެއެވެ.
އުމުރުން 52 އަހަރުގައި، އާދިލު ރަޝީދު ނިޔާވީ ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް، އިއްޔެގެ ވަގުތެއްގައެވެ.
ޑރ އާދިލް ރަޝީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ އަސުރު ނަމާދުގެ ފަހުގައި ކޮލަމްބޯގެ ޖާވައްތަ ޖުމްޢަ މިސްކިތުގައެވެ.
އާދިލު ރަޝީދަކީ އައިޖީއެމްއެޗާއި އަމިއްލަ ބައެއް ކުލިނިކުތަކުގައި ފަރުވާ ދޭ ޑޮކްޓަރެކެވެ.
އާދިލު ރަޝީދަކީ ހދ. ވައިކަރަދޫ ޖޭމުގެ އަބްދުﷲ ހުސައިންގެ، އިބްރާހީމް ރަޝީދު (މ. ސާނިޔާ އިބްރާހީމް ރަޝީދު) ގެ ދޮށީ ދަރިފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް