3000 އަށްވުރެ ގިނަ މެންބަރުންނާއި އެކު އެމްއާރްއެމް ރަޖިސްޓަރކުރުމަށް ހުށައަޅައިފި
3000އަށްވުރެ ގިނަ މެންބަރުންގެ ސޮޔާއި އެކު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް ރަޖިސްޓަރކުރުމަށް ހުށައަޅައިފިއެވެ.
އެމްއާރްއެމް ރަޖިސްޓަރކުރުމަށް 3313 ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހެނދުނު ވަނީ ވައްދާފައެވެ. މި ފޯމުތައް ވައްދާފައިވަނީ ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންގެ ބެލުމުގެ ދަށުންނެވެ.
އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަށެވެ. ނަމަވެސް ޕާޓީ އުފައްދަން ދިން މުއްދަތުގައި މެންބަރޝިޕް ފޯމް ހުށަނޭޅި އެ ހުއްދަ ވަނީ ބާތިލްވެފައެވެ.
މިއަދު ފޯމްތައް ލުމަށްފަހު މިނިސްޓަރ ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ އަށް ޙަމްދުކުރައްވާ ކަމަށާއި ފޯމު ހޯދަން މަސައްކަތްކޮށްދެއްވިި ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް