N/A
N/A
ހަބަރު 24 Sep 2019 | 08:29

އިންޑިޔާގެ އަނެއް ސިޓީއަކަށްވާނީ އައްޑޫސިޓީބާ އެވެ؟

ދިވެހި ރާއްޖޭގައި އިންޑިޔާގެ ސްޓޭޓެއް ކްރިއޭޓްކުރުމުގެ ސިޔާސަތަކަށް އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ނެރުނު ސިޔާސަތު ނުވާނެތޯއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އޭނާގެ ޕާޓީ އެމްޑީޕީގެ ރީނދޫ ޓައީ އަޅުއްވައިގެން ނޫސްކޮންފަރެންސަކަށް އަރުއްވައި މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު އިއުލާންކުރެއްވީ ދިވެހި ރާއްޖެއަށް އަންސްކިލް ލޭބަރުން ގެނައުމުގައި ކޮންމެގައުމަކަށްވެސް އެއްލައްކަ ފަންސާސް ހާސް ބިދޭސީންގެ ކޯޓާއެއް ކަނޑައަޅައި ސަރުކާރުން ނިންމައިފިކަމަށާއި އެސިޔާސަތުގެ ދަށުން ބަންގްލަދޭޝް މީހުން އިތުރަށް ގެނެވޭނެ ޖާގައެއް މިހާރު ނެތްކަމަށެވެ. އެހެންވީމާ ބަންގްލަދޭޝްގެ އަންސްކިލްޑް އެއްލައްކަ ފަންސާސް ހާސް މީހުން މިރާއްޖޭގައި މިހާރުވެސް އުޅެނީކަމަށް ދޭހަވެއެވެ. ބަންގްލަދޭޝް ފިޔަވައި ދެން އެންމެ ގިނައިން އަންސްކިލްޑް މީހުން ގެންނަ ގައުމުތަކުގެތެރޭގައި ނޭޕާލާއި އިންޑިޔާ ހިމެނެއެވެ. އެހެންވީމާ ދެން އޮތީ މިގައުމުތަކަށް އޮތް ކޯޓާއެވެ.

ލަފާކުރެވޭގޮތުން ބަންގާޅަށް ހުޅުވާފައި އޮތް ދޮރު ބަންދުކުރުމަށްފަހު ދެން އޮތް މަގަކީ އިންޑިޔާގެ މަގެވެ. އިންޑިޔާގެ އަންސްކިލްޑް މީހުންގެނެސް ދިވެހި ރާއްޖެއަށް ގަވާއިދާއެއްގޮތަށާއި އަދި ޚިލާފަށްވިޔަސް ފްލަޑްކޮށްލުމެވެ. މިއީ އިންޑިޔާއިން ވަރަށް ކުރިއްސުރެ އަވަށްޓެރި ގައުމުތަކުގައި އިންޑިޔާގެ ކޮމިއުނިޓީ އުފައްދައި ގައުމުތަކަށް އިންފްލުއެންސް ފޯރުވުމަށް އަޑިއަޑިން ގެންގުޅޭ ސިޔާސަތެކެވެ. އެސިޔާސަތު ނުހިގައި ދެކުނު އޭޝިޔާގައި މިހާތަނަށް އޮތީ ކުޑަކުޑަ ދިވެހި ރާއްޖެ އެކަންޏެވެ. ދެކުނު އޭޝިޔާގެ ދުރަށް އިރުމަތީ އޭޝިޔާގައިވެސް ސިންގަޕޫރާއި މެލޭޝިޔާ އޮތީ މިފަދަ މުސީބާތެއްގައެވެ. ދިވެހި ރާއްޖެއާ ދިމާލުން މޮރިޝަސްވެސް އޮތީ އިންޑިޔާމީހުންގެ ބާރެވެ. މެލޭޝިޔާގައި ރަށްވެހިކަމަށް އޮތް ފުރުސަތުގެތެރެއިން ހިންދޫންގެ ބާރު ގަދަ ކޮމިއުނިޓީއެއް އުފެދި މެލޭޝިޔާ ސަރުކާރުގެ ކެބިނެޓަށްވެސް އެތިބީ އައިސްއެވެ. އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ޒާކިރް ނަޔަކަ މެލޭޝިޔާއިން އންޑިޔާއަށް އަބުރައި ފޮނުވައިލުމަށް ގަދަދައްކަމުންދަނީވެސް މިކޮމިއުނިޓީއަށް ނިސްބަތްވާ ފަރާތްތަކުންނެވެ. ސިންގަޕޫރޭތޯއެވެ.

މިހާތަނަށް ސަލާމަތުން އޮތީ ދިވެހި ރާއްޖެ އެކަންޏެވެ. ދެކުނުއިންޑިޔާގެ ބާރުތަކުން ކާބަފައިންސުރެންފެށިގެން ދިވެހި ރާއްޖޭގެ މައްޗަށް އަތްގަދަކޮށް ދިވެހި ރާއްޖޭގެ މިނިވަންކަން ދުނިޔޭގެ ޗާޓުން ފޮހެލުމަށް މެދުކެނޑުމެއްނެތި ކޮށްފައިވާ ހަގުރާމަތަކަކީ މިއަދު އިގިރޭސިވިލާތުން ކިޔަވައިގެން އައިސް ހުންނަ ދިވެއްސަކަށް ނޭގި ހިގައިދާނެކަމެކެވެ. ނޫނެކެވެ. ބައެއް މީހުންނަށް އެކަން އެގެއެވެ. އިންޑިޔާއާއިދިމާއަށް މިއަދު ސަރުކާރުން އެހުޅުވައިލި ދޮރަކީ އެގިގެންތިބެ ހުޅުވައިލި ދޮރެކެވެ. މިނިސްޓަރ ފައްޔާޒް އެދެއްވީ ވަރުގަދަ ސިގްނަލެކެވެ.

އެމްޑީޕީގެ އިސްލީޑަރ މިހާތަނަށް ފާޅުކޮށްފައިވާ ޝުއޫރުތަކުން ލަފާކުރެވެނީ އިންޑިޔާއަށް މިހުޅުވައިލިދޮރުން އޮހިގަންނަ މީހުންނަށް އޮތް ޚާއްސަތަނަކީ އައްޑޫ ސިޓީކަމުގައެވެ. އައްޑޫ ސިޓީގައި ހަދަމުންދާ އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ރެޑްފޯޓްފަދަ ވަރުގަދަ ބިނާތަކަކީ އެކަމަށް މުސްތަގްބަލްގައި ކޮންވާޓްކުރެވޭނެ ތަންތަނެވެ. އެބިނާތައްފެނިފައި، އައްޑުއަތޮޅުގައި ދިވެހި ސަރުކާރާ ދެކޮޅަށް ހިންގި ބަޣާވާތާއި ދެކޮޅަށްތިބި އައްޑޫ ރައްޔިތުންގެ ދަރިންނާއި ދަރިންގެ ދަރިން މިއަދުވެސް ޝައްކުގެ ނަޒަރަކުން ބަލައެވެ. އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަކުރަން ނުކުތް ބައެއް ކެންޑިޑޭޓުން ރައްޔިތުންނާ މުޚާތަބުކޮށް ދައުލަތުގެ މީޑިއާގައި ކުރި ބަހުސްގައިވެސް އެކަންބޮޑުވުމުން ފައުޅުކުރިއެވެ. އެކަމަކު އެއިމާރާތްތަކަށް ޝައުގުވެރިކަމާ އަދި ފަޚްރުވެރިކަމާއެކު ބަލާ ބަލާމީހުން މާގިނައެވެ. ދައުލަތުން 800 މިލިޔަން ރުފިޔާ ހޭދަކޮށްގެން ކުޅިއެއްގެތެރޭގައި ހެދި، ފަސް އަހަރު ނުވަނީސް ފުރާޅު ފޫނެތިގެންދިޔަ އައްޑޫ ކޮންވެންޝަންސެންޓަރަށް ފަޚްރުވެރިކަމާއެކު ބަލަންތިބި ފަދައިންނެވެ. އައްޑޫ ސިޓީ ޚާއްސަވަނީ މިފަސް އަހަރުތެރޭގައި އެމްޑީޕީގެ ސަރުކާރުން އައްޑުއަށް ޚަރަދުކުރަން ވައުދުވެފައިވާ 5 ބިލިޔަން ރުފިޔާ ލިބެން އޮތީ އިންޑިޔާއިން ނަގާފައިވާ އެއްބިލިޔަން ޑޮލަރުގެތެރެއިންކަމަށްވާއިރު އިންޑިޔާއިން ދޭ ލޯނުން ހިންގާ ޕްރޮޖެކްޓްތައް ހަވާލުކުރެވޭނީ ހަމައެކަނި އިންޑިޔާގެ ކުންފުނިތައްކަމަށްވުމަކީ ޝަރުތެއްކަމަށްވީހިނދު އިންޑިޔާގެ ކުންފުނިތަކުން އައްޑޫ ސިޓީގައި މަސައްކަތެއްކުރާނަމަ ގެންނާނީ އިންޑިޔާގެ ލޭބަރުންކަމަށްވާތީއެވެ. 15 ވަރަކަށް ހާސް ލޭބަރުން ގެނެސް އަޅާލިޔަސް އެމީހުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މުއާހަދާތައް ހެދޭވަރުވާނެއެވެ. ދެން އޮތީ އައްޑޫ ސިޓީގެ ރައްޔިތުންގެ އެންމެ ލޯބިވާ ސިޔާސީ ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވާ އެމަނިކުފާނުގެ އައްޑޫގެ ތަސައްވުރެވެ. އެތަސައްވުރަކީ ކައިރި މުސްތަގުބަލެއްގައި އިންޑިޔާ ކަނޑުގައި ވަރުގަދަ ހަގުރާމައެއް ހިގާއިރު އެހަގުރާމައިގެ އަލިފާންބޯޅަތައް ނުވަތަ ބޮންތައް އޮހޭ އެއްމައިދާނަކީ އައްޑޫސިޓީވއަށްވާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުމެވެ. އެހަގުރާމައެއް ހިގާނީ އިންޑިޔާއާއި ޗައިނާއާ ދެމެދުއެވެ. އައްޑޫމީހުން ގުޅޭނީ އިންޑީޔާ ލަޝްކަރާއެވެ. ގޮވަން އަމުރު އޮންނާނީ ޖައިހިންދެވެ. ކަޝްމީރުގައި ހިންގާ ލާއިންސާނީ އަމަލުތަކުން އިންސާނީ ހައްގުތައް މިހިރަގެން ފެންނަނީ ނޫންތޯއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި އުތުރުން މަލިކު އެއޮތީ މިހާރުވެސް އިންޑިޔާގެ ސްޓޭޓަކަށް ހަދާފައެވެ. އަޅުގަނޑުމެންގެ ތާރީޚް ކިޔާފައި ދެކުނުން އައްޑުއަތޮޅުގެ ކުރިމަގާމެދު ވިސްނާލީމާ ލޮލުން ވެށްޓެނީ ކަރުނަ ތިއްކެކެވެ.

ދެން އެހެންނޫންނަމަ މިކުޑަކުޑަ ދިވެހިރާއްޖެއަށް ކޮންމެ ގައުމަކުން އެއްލައްކަ ފަންސާސްހާސް ބިދޭސީން ގެނައުމުގެ ރަތްލާޖެހި ރަސްމީ ސިޔާސަތެއް އާއްމުނުކުރީހެވެ. އިސްތިއުފާ ދެއްވަން ކެރިވަޑައިގަންނަވަންޏާ އިސްތިއުފާ ދެއްވަންވީއެވެ. ގަވާއިދާ ޚިލާފަށް ބިދޭސިން ގެންނަ ވިއުގަތައް އެއީ އޭރަކު އޮންނަ ސަރުކާރެއްގެތެރޭގައި މޫލައި ހަމަޖެހި ގަރާރްވެފައިވާ އޮންނަކަމަކަށްވާތީ ކޮންސްޓްރަކްޝަން ކުންފުންޏެއް ހިނަގައި ބިދޭސީން ގެނައުމުގެ ހުނަރު ހުއްޓަސް ތިއީއަކީ މީހުންނަށް ދައްކާ ދަޅައަކަށް ނޫނީ ނުވެއެވެ. ތިޔަށްކިޔަނީ ނުފޯރާފޮތިން ފޫގެޅުމެވެ. ތިވައުދުވެގެން ލޭބަރ މިނިސްޓްރީއަށް ވަން އުސްތާޒް ހަސަން ލަތީފް ކުރެން ނިކަން އައްސަވަބައްލަވާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...