N/A
N/A
ހަބަރު 02 Feb 2019 | 05:43

އެޖެންޑާ 19 އިން ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހްކުރާނެ: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުން ހޮވާ އައު ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ފަނޑިޔާރުގެތައް އިންސާފު ގާއިމުކުރުމުގެ ހަމަތައް ގެނެސްދޭކަމަށާއި އެކަމަށްޓަކައި އެމްޑީޕީގެ އަތް އޮންނާނީ ދޫވެފައިކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މައްޗަން ގޮޅީ މެދުދާއިރާއަށް ވާދަކުރުމުގެ ޕާޓީގެ ޓިކެޓް ލިބވަޑައިގެންފައިވާ ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުން ދިވެހި ރައްޔިތުން ގޮވާއަޑު އެމަނިކުފާނަށް އިވިވަޑައިގަންނަވަނީ އެމްޑީޕީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ދިނުމަށްކަމަށް ކަމުގަ އެވެ.

"ތިބޭފުޅުން އައްސަވަފާނެ ކީއްވެހޭ އެމްޑީޕީ މަޖިލިސް 19 ހޯދަންޖެހެނީ. އަޅުގަނޑަށް އެބަ އަޑުއިވޭ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ރާއްޖޭގެ ރައްޔިތުން ހަރުއަޑުން އެމްޑީޕީއަށް މިމަޖިލީހުގެ އަޣްލަބިއްޔަތު ދޭންޖެހޭކަމަށް ގޮވާއަޑު. އެތައް މިލިޔަން ރުފިޔާގެ ޝަރީއަތެއް ނުހިގާނެ މިޕާޓީގެ މަސްލަހަތު އެދޭގޮތަކަށް. މިޕާޓީގެ އަތް އޮތީ ދޫވެފައި ޝަރުއީ ނިޒާމު އިސްލާހް ކުރުމަށް." ނަޝީދު ވިދާޅުވިއެވެ. އަދިވެސް ވިދާޅުވިއެވެ. " އަޅުގަނޑުމެންގެ އަތް އޮތީ ބަންދުވެފަކައެއްނޫން. އަޅުގަނޑުމެންގެ އަމިއްލަ ކުންފުންޏެއްގެ ފައިދާ ބޮޑުކުރުމަށް. އަޅުގަނޑުމެންނަކީ އިންތިޒާމުވެގެން ހިންގާ ސިޔާސީ ޕާޓީއެއް"

ފަނޑިޔާރުގެ އިސްލާހްކުރުމަށް އެމްޑީޕީން ބޭނުންވާ ސިޔާސަތު އެޕާޓީން ޖެނުއަރީ 27 ވަނަ ދުވަހުގެރޭ އެޕާޓީން ވަނީ އިއުލާންކޮށްފައެވެ. އެސިޔާސަތުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ބާރު ދަށްކޮށް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރއަކަށް ބޮޑެތި ބާރުތަކެއްދީ، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރއަކީ ރައްޔިތުންގެ މަޖިލީހަށް ބާރު ފޯރުވޭ ފަރާތަކަށް ހަދަން ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހަށް ބާރު ފޯރުވޭ ފަރާތަކަށް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރވަނީ އޭނާ ވަކިކޮށް އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީއަށް ދީގެންނެވެ. ބޭނުމަކީ މަޖިލިސްގެ އަމުރު ހިގާނެ ގޮނޑިކޮއްކޮ މީހަކު ދައުލަތުގެ މިނިވަން ޖުޑިޝަރީގެތެރެއަށް ވެއްދުމެވެ. މިހާރު އޮންނަގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުންނެވެ. އެމްޑީޕީން ހުށަހަޅާފައިވާމިއިސްލާހްތަކަކީ ގާނޫން އަސާސީއާއި ޚިލާފް އިސްލާހްތަކެއް ކަމަށް ކުރީގެ ނާއިބް ރައީސް އަދި ގާނޫނީ ވަކީލް ޑޮކްޓަރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވެއެވެ.

" ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތަކީ އެއްވެސް ހާލެއްގައި ވަކި ފަރުދަކަށް އަމާޒުކޮށްގެން ހިންގޭ މަސައްކަތެއްނޫން. ވަކިމީހެއްގެ ވާހަކަދައްކާ މަޖިލީހަކަށްނުވާނެ. އެމަސައްކަތަކީ އުސޫލުތައް ހަރުދަނާކުރުން. އެމަސައްކަތަކީ ޝަރުއީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގެންނާންޖެހޭނެ ގާނޫނީ ބަދަލުތައް ގެނެސްދޭ މަޖިލީހެއް" ނަޝީދު ރޭ ވިދާޅުވިއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަކުރުމަށް ރަސްމީގޮތުން ކެމްޕެއިންފަށަމުން ނަޝީދު މިރޭ ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ މިއަދު މުޅިން އެހެން ގައުމިއްޔަތެއް ކަމަށެވެ.

އެމްޑީޕީން ގެންނަން ބޭނުންވާ ބަދަލުތައް ގެންނަން ރައްޔިތުންގެ މަޖިލިސް ހިންގާ ގަވާއިދުވެސް ބަދަލުކުރެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތައާރަފްކުރި އެންޓި ޑިފެކްޝަންގެ ގާނޫންފަދަ ގާނޫނަކަށް އިޝާރާތްކުރައްވަމުން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުނުކުރާނެކަމަށެވެ. ވޯޓެއްވެސް ނުވިއްކާނެއެވެ.

" މަޖިލިސްގެ ތަޅުމުގައި ލަދެއް ހަޔާތެއްނެތި ފައިސާ ގޯނިގޯނީގެ ވާހަކަ ދައްކަމަކުންނެއް މަޖިލިސްގެ މެމްބަރުންނެއް ނުހިނގާނެ" ނަޝީދުވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...