ކެސީނޯ އަޅާކަށް ތާއީދެއް ނުކުރަން: ދިޔާނާ
ރާއްޖޭގައި ކެސީނޯ އަޅަން ފިރިކަލުން އަބްދުﷲ ޖާބިރު ކުރައްވަމުންގެންދަވާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ އެހެން ވިދާޅުވީ ޓްވިޓަރގައި ދިޔާނާ ޓެގްކުރުމަށްފަހު މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަށް ނިސްބަތްކޮށް ލިޔެފައިވާ އެއްޗެއްގައި ދިޔާނާ ޓެގްކޮށްފައި އޮތުމުން، އޭނާ ވަނީ އެއީ ޖާބިރު ނޫން ކަމަށާއި، އަދި ޖާބިރު ކެސީނޯ އަޅަނން ކުރާ މަސައްކަތަށް ތާއީދު ނުކުރާ ކަމަށެވެ.
ޖާބިރު ވަނީ ރާއްޖޭގައި ޖުވާ ކުޅޭ ތަންތަން އެޅެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ރަލާއި އޫރު މަސް ވިއްކާއިރު، ކެސީނޯ ނުހުޅުވެންވީ ސަބަބެއް ނެތް ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް