މާދަމާ ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދުކުރާނެ!
މާދަމާއިން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު، މާލޭގެ ބައެއް މަގުތައް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ބައެއް މަގުތައް ބަންދުކުރުމަށް ނިންމީ މާލޭގެ ކާރޫބާރޫ ބޮޑު މާހައުލުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދީ އިޖުތިމާއީ ގުޅުން ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.
މާދަމާ ބަންދުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ އަވަށަކުން މަގެކެވެ. އެގޮތުން މާފަންނުން ސަބުދެލި މަގު ބަންދުކުރަން ނިންމާފައިވާއިރު މައްޗަންގޮޅިން ބަންދުކުރާނީ ދަނބުރު މަގެވެ. އަދި ގަލޮޅުން ދޮން އަނދަރާދު ހިންގުން ބަންދުކުރަން ނިންމިއިރު ހެންވޭރުން ބަންދުކުރާނީ ލަންސިމޫގޯޅިކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އެމަގުތައް ދުއްވާ އުޅަނދުތަކަށް ބަންދުކުރާނީ ހެނދުނު 6:30 އާއި 10:30 އާ ދެމެދަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް