N/A
N/A
ހަބަރު 17 Dec 2019 | 11:01

އަޅުގަނޑުގެ ސުކުރު ދިރާގު ފޯންބޫތްތަކަށް

ޅައުމުރުގެ ހަދާން އެކިއެކި ކުދިން ހުންނާނީ އެކިވަރަށެވެ. އަދި އެކި ކުދިންގެ ހަނދާންތަށް ތަފާތުވާނެއެވެ. ނަމަވެސް ގިނަ ކުދިންގެ ޅައުމުރުގެ ހަނދާންތަށް ވަރަށް ގިނަފަހަރު އެތްގޮތެވެ. ނަމަވެސް ހަދާނަކީ ވަރަށް ޒާތެއްގެ އެއްޗެކެވެ.

ހަނދާނަކީ ހަގީގަތުގައިވެސް ޒާތެއްގެ އެއްޗެއްތާއެވެ، މީގެ 25 ހަކަށް އަހަރުކުރިން ވެފަހުނަކަންކަންވެސް ހަމަ ހަދާނަށް އަންނަންވީމަ އަންނަންވީއެވެ. އަދި ދެދުވަސްވީ ކަންކަން ހަދާނުން ފިލަންވީމަ ވިލަނީއެވެ. ކޮންމެއަކަސް މީހުން އަޅުގަނޑަކީ ހަދާންގަދަ ސޮރެކޭ ބުނާތީ އަހަމެވެ. އަދި ހާއްސަކޮށް ޅައުމުރުގެ ދުވަސްތަކަކީ ވަކިން ހާއްސަކޮން އަޅުގަނޑު ހަދާނުގައި ހުންނަ ދުވަސްތަކެކެވެ.

އަވަށްޓެރި ކޮޅުބަށް ކުރި ދަތުރެއް ނިންމާލުމަށްފަހު ގައުމަށް އެބުރި އައުމަށްޓަކައި އެއާޕޯޓުގައި ފޯނު ކޮށްޓަމުން ކޮފީއެއް ބޯންއިނީމެވެ. ޓުވިޓާރ ސްކުރޯލް ކުރަމުން ދަނިކޮން ލޮލުގައި އަޅައިގަތީ އެންމެކުރީގައި ދިރާގުން ރަށްރަށުގައި ބެހެއްޓި ފޯނު ބޫތެއްގެ ފޮޓޯއެކެވެ، ދިރާގުން ބާއްވަމުންދިޔަ މުބާރާތަކާގުޅޭ ފޮޓޯއެކެވެ، އަޅުގަނޑުގެ ހިޔާލުތަށް ފޯޓޯފެނުމާއިއެކު ސޮއްސާލިއެވެ. ގަޑިއަށް ބާލާލުމަށްފަހު އަތުގައިއޮތް ލަކުޑި ކުލައިގެ ދަބަހުން ލެޕްޓޮޕް ނެގީމެވެ.

އަޅުގަނޑާ ދިރާގު ޕޯން ބޫތްތަކާއި އޮންނަނީ ވަރަށްޒަމާންވީ ހަދާނެކެވެ، ހާއްސަކޮށް އެއީ އަޅުގަނޑު ކަހަލަ ޅައުމުރުގައި ކިޔަވަން އަމިއްލަ ވަޒަންދޫކޮށް އެހެން ރަށްތަކަށް ބަދަލުވި ކުދިންނަށް ހަދަހާވާ ހިދުމަތްކޮށްދެވި ހިދުމަތްތެރި ފޯން ބޫތްތަކެކެވެ.

އިއްތިފާގުން ނަމަވެސް އަޅުގަނޑަށްވެސް ދިރާގަށް ވީ އަހަރެއް ވެއްޖެއެވެ. އަޅުގަނޑާ މިބުނާ ދިރާގު ފޯނު ބޫތުތަކާއި އޮންނަނީ މިހާރު މިވެރިން ކިޔާގޮތުން ނަމަ ހިތާހިތުގެ ގުޅުމެކެވެ. ސަބަބުތަށް ގިނައެވެ. އަޅުގަނޑުވެސް ޅައުމުރުގައި ދިރިއުޅެމުން އައީ އަމިއްލަ ރަށުގައެވެ. އޭރު އުމުރުންވެސް ވަރަށް ޅައެވެ. އަދި ދިރާގުގެ ފޯން ބޫތްތަކުގެ އުމުރުވެސް ހަމަ އެހާޅައެވެ. ނަމަވެސް ފޯން ބޫތްތަކާއި އޮންނަނީ ގާތްގުޅުމެކެވެ. އަނެއްކާވެސް ދަންނަވަންޖެހެނީ ސަބަބުތަށް ވަރަށްގިނައެވެ.

އަޅުގަނޑުގެ ބައްޕައަކީ ރާ އަތޮޅަށް ނިސްބައްވާ ހުނަރުވެރި ވަޑިއެކެވެ. އެހެންކަމުން އޮޑިދޯނިފަހަރު ބަނުމަށްޓަކައި އަބަދުވެސް ރަށުންބޭރުގައި އަހަރުގެ ގިނަދުވަސްތަށް ހޭދަކުރެއެވެ. ކުރާ ކޮންމެ ދަތުރަކު މަދުވެގެން ދެ މަސްވަރުނަގައެވެ. އަދި ނިމުނީކީނޫނެވެ. އަޅުގަނޑުގެ އާއިލާގައި ހުންނަނީ އެންމެ ދައްތައެކެވެ. ހަނދާން ހުންނަން ފެށުނީއްސުރެ ދޮންތަ ހުންނާނީގޮސް ބ އަތޮޅުގެ ރަށަކަށް ކިއަވަން ފޮނުވާލާފައެވެ.

ކުރުކޮން ބުނަނަށްޔާމު އެއް އާއިލާއެއްކަމަކު ދިރިއުޅެނީ ތިންހާލީގައެވެ. އަދި އެވެސް ތިންރަށުގައެވެ. އެދުވަސްވަރަކީ ދަތުރުފަތުރުގެ ދަތިޒަމާނެކެވެ. މުވައްސަލާތީ ހިދުމަތަކީ ނެއްއެއްޗެކެވެ. މިއަދުގެ ޒުވާނުންގެ ބަހުންނަމަ ލަގްޒަރީއެކެވެ . އެހެންކަމުން އޭރު ލިޔުނީ ކުޑަސީޓީއެވެ. ދިރާގުން ރަށްރަށައް ފޯންބޫތް ބެހެއްޓުންވެގެން ދިޔާއީ އުފާވެރިކަމަކަށެވެ. އެހެންވާނެ ނޫންތޯއެވެ. ކެޑިފައިއޮތް އާލީގުޅުން ގުޅުވާލިއެވެ. ދުރުގައި ކިއަވަންއުޅުން ދައްތަމެންނާ ގާތްކޮށްދިނެވެ. ބެނުންވާ ޒަރޫރީ ބޭނުންތަށް ހޯދަން ފަސޭހަވިއެވެ.

އެކި ކުދިން ފޯރިހުންނާނީ އެކިކަންކަމާއެވެ. ނޫންނަމަ ގަޔާވާނީ އެކިކަންތަކާއެވެ. ނަމަވެސް މީގެ އަހަރުތަކެށްކުރިން ބަޔަކު ބެހެއްޓި ފޯނު ބޫތްތަކަކާ ނެއްޓިގެން އަޅުގަނޑު މިއުޅެނީ ކީއްވެތޯ ފަހަރުގައި ހިތަށް އަރާފާނެއެވެ. ޖަވާބަކީ އެ ފޯންބޫތަށް އަޅުގަނޑަށް ކޮށްދެވި ހިދުމަތްތައް ބޮޑީއެވެ. އަދި މިއަދު ކާމިޔާބެއް ދިރިއުޅުމުގައި ވާނާމަ އެ ފޯންބޫތްތަށް ކުޅުނު މެދުވެރިއެއްގެ ރޯލެވެ.

މުއާސަލާތި ހިދުމަތެއްނެއް، ދަތުރުފަތުރުގެ ނިޒާމެއްނެއް ތިންވަނަ ދުނިޔޭގެ ރާއްޖޭގެ ރަށެއްގައި މީގެ ފަނަރަ އަހަރުކުރީގެ ހާލަތު އޮންނާނެ ގޮތް ތީގެން ކޮންމެ ބޭފުޅަކަށްވެސް އެނގޭނެތާއެވެ. ނަމަވެސް ދިރާގު ފޯންބޫތަށް ވެގެންދިޔައި އަޅުގަނޑާއި ދުނިޔެއާއި ގުޅުވާލި މެދުވެރިއަކަށެވެ.

މީގެ 20 އަހަރުކުރިން ރާއްޖޭގެ ބަންދުވެފައިވާ ރަށެއްގައި ދިރިއުޅެމުން ދިޔަ އުމުރުން 10 އަހަރުގެ ކުއްޖެއްގެ ވިސްނުމާ ހިޔާލު ހުންނާނެގޮތް ވިސްނާލައްވާށެވެ. އޭރު ސުކޫލް ފޮތުގެ އިތުރުން ކިޔާނެ އިތުރު ފޮތެއްނުހުރެވެ. ބަލާނެ ނޫހެއް މިޒަމާނުގައި ލިބެންހުންނަ ގޮތަކަށް ލިބެންނުހުރެއެވެ. ނަމަވެސް ހަދާނަކީ ޒާތެއްގެ އެއްޗެއްހެން ނަސީބާކީވެސް ފާޑެއްގެ އެއްޗެކެވެ. ދިރާގުގެ ފޯންބޫތުތަށްވީ އަޅުގަނޑުގެ ނަސީބަކަށެވެ. ބޭނުންވާ ތަކެތި މާލެއަށް އަންގައިގެން ގެނުވުނު މެދުވެރިއަކަށެވެ. ފޮތަށް ސައުގުހުރި އަޅުގަނޑަށް ފޮތްލިބުމުގައި މެދުވެރިއަކަށެވެ. އެތަށް އަހަރެއްވަންދެން ރާއްޖޭގައި ނެރެމުންދިޔަ ހަވީރު އަދި އާފަތިސް ނޫސްކަހަލަ ނޫސްތަށް އެ ޅައުމުރުގައި ރަށުގައި ހުރެގެން އަޅުގަނޑަށް ކިޔާލަން ލިބުމުގެ މެދުވެރިއަކަށެވެ. އެހެންކަމުން ނޫސްވެރުކަމަށް ސައުގުޖެހުމުގައިވެސް ފޯންބޫތުތަށް ދައުރު ބޮޑު ވެދާނެނޫންތޯއެވެ.

ކުރިން ދެންނެވިހެން އިއްތިފާގުން ނަމަވެސް އަޅުގަނޑަށްވެސް ދިރާގަށް ވީ އަހަރެއް ވެއްޖެއެވެ. އަދި އަޅުގަނޑަށް ފޯނުބޫތުތަކުގެ ފޮޓޯ މިއަދު ފެނުންމިވީ މާބޮނޑު އިއްތިފާގަކަށްވެސް ވެދާނެއެވެ. މިއަދު އަޅުގަނޑު ކޮޅުބުގެ އެއާރޕޯޓުގައި މިއިނީ މާސްޓާރސް ޑިގްރީގެ ސެޓްފިކޭޓް ބަލާއައިސް އެބުރި ގައުމަށް ދިއުމަށެވެ.

ދެންވެސް އަނެއްކާވެސް ބުނަންއޮތީ މީގެ 20 އަހަރުކުރިން ރާއްޖޭގެ ބަންދުވެފައިވާ ރަށެއްގައި ދިރިއުޅެމުން ދިޔަ އުމުރުން 10 އަހަރުގެ ކުއްޖެއްގެ ވިސްނުމާ ހިޔާލަށް މަތީތައުލީމު އަންނާނީ ކިހިނެއްތޯއެވެ. ބުނަންއޮތީ އެއްކަލަ ދިރުމެއްނެތް ފޮއްޓެއްގެ ސިފައިގާ ހުރި ފޯންބޫތު މެދުވެރިއެއްގެ ރޯލްކުޅުނީމައެވެ. 20 އަހަރު ކުރިން އަޅުގަނޑުގެ ދޮންބެ މަތީތައުލީމް ހޯދުމަށްގޮސް ހުރީ އޮސްޓްރޭލިއާ އަދި މެލޭޝިޔާއަގައެވެ. ފޯންބޫތުތައްވީ އަޅުގަނޑުމެން ދެބެން ގުޅުވާލި މެދުވެރިއަކަށެވެ. އަދި ދެމީހުންގެ ދެމެދުގައި ކިއެވުމުގައި ވާދަވެރިކަން އުފެއްދި ފަރާތަކަށެވެ. ނޫންނަމަ އަޅުގަނޑުގެ އެ ޅަވިސްނުމާށާއި ޝައުގުވެރިކަމަށް މަތީތައުލީމް ގެނުވި މެދުވެރިއަކަށެވެ. މިއަދު އަޅުގަނޑު މިއިނީ ފޯނު އެކަނި ކޮށްޓާކަށެއްނޫނެވެ. ކިޔެވުމަށް އެހީތެރިވި މީހުންނަށް ޝުކުރުގެ މެސެޖުވެސް ފޮނުވާށެވެ. އެހެނެއްކަމަކު ފޯންބޫތުތަކަށްވެސް ޝުކުރިއްޔާއެވެ.

އިންސާނުން ތަފާތު ކަންކަމުގައި ޝުކުރު އަދާކުރާނީ އެކިފަރާތްތަކަށެވެ. ފާހަގަކުރާނީ އެކި މީހުންގެ ނަންނަމެވެ. އަޅުގަނޑަށް މިއަދު މިއުޅެނީ ފޯނުބޫތަކުން ނުނެއްޓިގެންނެވެ. ނައްޓަން ބޭނުމެއްވެސްނެތެވެ. ހަމަ އަދިވެސް ބޭނުމީ އެއްފަހަރުނަމަވެސް ފޯންބޫތަކުން ކޯލްއެއް ކޮއްލުމަށެވެ. އަދި ބުނަންއޮތީވެސް އެއީ ހާދަހާވާ ހިދުމަތްތެރި ފޯންބޫތުތަކެކެވެ. އަދި ހިތަށް އަރަނީ އެ ފޯނުތައް ގުޅުވާލަދިނީ ދުރުގަތިބި ކިތަށް އާއިލާތޯވެ. ގުޅުވާލަދިނީ ދުރުގައި ތިބި ކިތަށް އުންމީދު ގެއްލިފާތިބި ލޯބިވެރިންނަށް ތޯއެވެ. ހިނާރުވެފައި ތިބި ކިތަށް މީހުންބާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...