އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ރެކޯޑް ނަގާ ތާރީޚް ކަނޑައަޅައިފި
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ރެކޯޑް ނަގާ ތާރީޚް ކަނޑައަޅައިފިއެވެ.
މިއަދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އިން ނެރުނު އިޢުލާނެއްގައި ހާމަ ކޮށްފައިވާގޮތުން، އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާ 2023 ގައި ބައިވެރިވުމަށް އެދި، އަދި ހިއްސާދާރުންނަށް ޑިވިޑެން ބެހުމަށް ރެކޯޑް ނަގާ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހެވެ.
ޑިވިޑެން ބެހުމަށް ރިކޯޑު ނަގާ ތާރީޚް މިއަދު ކަނޑައެޅި އިރު، ސަރުކާރާއި އާއްމުންގެ ބޮޑު ހިއްސާއެއްވެސް އޮންނަ އެސްޓީއޯއަށް، މިދިޔަ އަހަރު ވަނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި، އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 270 މިލިއަން ރުފިޔާ، ދެވަނަ ކުއާޓާގައި، 171 މިލިއަން ރުފިޔާ، ތިން ވަނަ ކުއާޓާގައި، 197 މިލިއަން ރުފިޔާ އަދި ފަހު ކުއާޓާގައި 183 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް