ނަބަވީގެ އިމާމު، ޒުވާން ޚަޠީބުންނާއި، އިމާމުންނާއި ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ޒުވާން ޚަޠީބުންނާއި، އިމާމުންނާއި ބައްދަލު ކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މިއަދު އޮތް ބައްދަލްވުމުގައި ގިނަ އަދަދެއްގެ ޒުވާން ޚަޠީބުންނާއި، އިމާމުން ބައިވެރިވެފައިވާ ކަމަށެވެ. ޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ވަނީ ޚަޠީބުންނާއި، އިމާމުންނާއި މުހާތަބު ކުރައްވާ އަގުހުރި ނަސޭހަތްތަކެއް ދެއްވާފަ އެވެ.

މިއަދުގެ ބައްދަލްވުމުގައި ޙާފިޒުން ވެސް ވަނީ ބަައިވެރިވެފަ އެވެ.
ސަރުކާރުން ވަނީ 250 ވުރެ ގިނަ ޒުވާން ޚަތީބުން ތަމްރީނު ކޮށްފަ އެވެ. އަދި ޒުވާން ޚަތީބުންގެ ތަމްރީންގެ ތިންވަނަ ބުރު ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.
މީގެ އިތުރުން ޒުވާން ޙާފިޒުން އުފެއްދުމަށް ވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް