ނާވައިދޫ މަގުހެދުމަށް އާންމުން ނިކުމެއްޖެ
ހދ.ނާވައިދޫގެ ގިނަ މަގުތައް ހަލާކުވެފައިވާތީ، އެ މަގުތައް ހެދުމަށް ކައުންސިލާއި އާންމުން ނިކުމެއްޖެއެވެ.
އެރަށުން ވޮއިސްއަށް މައުލޫމާތު ދިން މީހަކު ބުނީ ނާވައިދޫގެ މަގުތަކުގައި ފެހިޖަހައި، ވަޅުގަނޑު ހެދިފައި ހުރުމުން ރަށުގެ ޒުވާނުންނާއި ކައުންސިލުން އިސްނަގައިގެން މަގު ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިއަދު ދަނީ މަގުތަކުން ފެހިކަހައި، ސާފުކޮށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގައި ރަށުގެ ގިނަ އަދަދެއްގެ އާންމުންނާއި އީދަށް ގޮސްތިބި ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ.

ނާވައިދޫގެ މަގު ނުހެދި ވުމުގެ ސަބަބުން ވަނީ ހިތާމަވެރި ހާދިސާތައްވެސް ހިނގާފައެވެ.
އެގޮތުން މި އީދުގެ ތެރޭގައި އެކަނިވެސް މަގުމަތީގައި ފެހި ޖަހާފައި ހުރުމުން 30ވަރަކަށް މީހުން ވެއްޓި، ކުދި އަނިޔާތައްވެފައިވާކަމަށްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް