ބިޑަކާއި ނުލާ މަޝްރޫއުތައް ހަވާލުކުރާާތީ ކަންބޮޑުވުން ފާޅުކޮށްފި
ސަރުކާރުން ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ބިޑްކުރުމަކާއި ނުލައި ހަވާލުކުރަމުންދާ މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމްއިއްޔާއިން ޓްވިޓަރ މެދުވެރިކޮށް ބުނީ ބިޑަކާއި ނުލައި ހަވާލުކުރެވޭ ކޮންްޓްރެކްޓްތަކަކީ އޭގައި ގެއްލުން ލިބިދާާނެފަދަ ކަންތައްތަކެއް ހިމެނޭ އެއްޗެއްކަަމަށެވެ. އެގޮތުން މިފަދަ ކޮންްޓްރެކްޓް ތަކަކުން ކޮރަޕްޝަނަށް ހުށައެޅި، ގައުމުގެ ދިމިކްރާތީ އަދި އިގްތިސާދީ ނިޒާމަށް ނޭދެވޭ އަސަރުތައް ކުރާކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
ޓްރާންސްޕޭރެންސީން ބުނީ ބިޑަކާއި ނުލައި ހަވާލުކުރެވޭ މަޝްރޫއުތަކުގައި، ބިިޑިންގ މަރުހަލާއާއި އެކު ކުރިއަށްގެންދެވޭ ޕްރޮޖެކްޓްތަކަށްވުރެ ދެފުށް ފެންނަ ބައި ބޮޑުވާން ޖެހޭކަމަށެވެ.
މި ޓްވީޓްގައި އެޖަމްެއިއްޔާއިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޒީރޯ ޓޮލަރެންސް އުސޫލުގައި ދެމިތިބުމަށް ގޮވާލާފައެެވެ.
އަދި އދ.ގެ ކޮރަޕްޝަނާއި ދެކޮޅު މުއާހަދާގެ ދަށުން އާންމު ފަރުދުންނާއި ގުޅުންހުރި ކަންކަމުގައި ދެފުށް ފެންނަ އުސޫލުތައް ގެންގުޅުމަށްވެސް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް