ތިމަރަފުށީގަ އެކްސިޑެންޓްވި އަންހެންމީހާ އޮތީ ކޯމާއެއްގައި
ތ.ތިމަރަފުށީގައި ވޭނަކުން ޖެހި އެކްސިޑެންޓްވި އަންހެން މީހާ އޮތީ ކޯމާއެއްގައި ކަމަށް އޭނާާގެ އާއިލާއިން ބުނެފިއެވެ.
އޭނާގެ އާއިލާއިން މީޑިޔާތަކަށް މައުލޫމާތު ދިންގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ޒުލޭޚާ އަބްދުލްޣަނީއަށް މިހާރު ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.
ޒުލޭޚާގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑި އަށް ލޭ އެޅިފައިވާ އާއިލާއިން ބުނެއެވެ. ޒުލޭޚާ މިވަގުތު ނޭވާލަމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެ ރަށުގެ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން އަންހެން މީހާ ހިނގާފައި ދަނިކޮށް ވޭން ކޮންޓްރޯލް ނުވެގެން ގޮސް އޭނާގެ ގައިގައި ޖެހުމުންނެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް