"ރައީސް ނަޝީދު ނުހައްގު ބާރު ވެރިކަމެއް ބޭނުންކޮށްގެން ފުލެޓްތައް ބަޔަކަށް ދޭނެކަމަށް އަންނަނީ ބުނަމުން"
ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ރައްޔިތުންނަށް ގުޅާ ފުލެޓްދޭނެ ކަމަށް ބުނަމުން އަންނަ ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ހެންވޭރު އުތުރު ދާއިރާއަަށް ވާދަކުރައްވާ އަލްހާން ފަހުމީ މިއަދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން އޮފީހުން ރައްޔިތުންނަށް ގުޅާ ފުލެޓް ޔަގީން ވެފައިވާ ކަމަށް ބުނަމުން އަންނަ ކަމަށެވެ.
އަލްހާން ބުނެފައިވަނީ ފުލެޓަށް ކުރިމަތިލާފައިވާ ކަމަށް ބުނެ މީހުން ދަރުބާރުގެއަށް އެއްކުރުމަކީ ހުއްދަކަމެއް ނޫން ކަމަށްވެސް އަލްހާން ވިދާޅުވެފައިވެއެވެ.
އަލްހާން ވިދާޅުވެފައިވަނީ ދައުލަތުގެ ހައުސިން މީހެއްގެ ކެމްޕެއިނަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ރައްޔިތުންނަށް ގުޅުމަށްފަހު ދެހާސް އެގާރަ ވަނަ އަހަރު ފުލެޓަށް ކުރިމަތިލިން ތޯއާއި، އަދި މިހާރު ފުލެޓް ލިބިފައިވާކަމަށް ބުނެފައިވާކަމަށް ބުނެ އޭނާގެ ކެމްޕެއިން އޮފީހަށް އައިސް ބަޔަކު ޝަކުވާ ކޮށްފައިވާކަމަށެވެ. އަދި ބައެއް ފަރާތްތަކަށް ގުޅާލުމަށްފަހު ފުލެޓް ބޭނުންވާ ކަމުގައިވާ ނަމަ ދަރުބާރުގޭގައި އޮންނަ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަށް ވަޑައިގަތުމަށް ވެސް ރައީސް ނަޝީދުގެ ގެ ކެމްޕެއިން އޮފީހުން ބުނަމުން އަންނަ ކަމަށްވެސް އަލްހާން ބުނެފައިވެއެވެ.
އަދި އެގޮތަށް ސަރުކާރުގެ ފުލެޓްތައް ދޭނެ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ވިދާޅުވުމުން ދޭހަވަނީ ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު ކަމަށްވެސް އަލްހާން ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ނުހައްގު ބާރު ވެރިކަމެއް ބޭނުންކޮށްގެން ދައުލަތުން ކަނޑައަޅާ ފުލެޓްތައް ބަޔަކަށް ދޭނެ ކަމަށް ވިދާޅުވުމަކީ ކެމްޕެއިނެއްގެ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
އަދި ރައީސް ނަޝީދުގެ ނުފޫޒު ދައުލަތުން ފޯރުކޮށްދޭ ބޯހިޔާވަހިކަމަށް ވަދެފައިވާ މިންވަރު އޭގެއިން ހާމަވާކަަމަށާއި، އެކަންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.
އަދި އެފަދަ ކަންކަން އެންޓިކޮރަޕްޝަން ކޮމިޝަނުން މިހާރުން މިހާރަށް ބައްލަވާ ދެއްވުމަށްވެސް އަލްހާން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް