ކޮޅުވެއްޓިން ގެއްލުނު މީހާ ހޯދީ ރަސްފަންނު ކައިރީ އަޑިން
މާލޭގެ އެމްޕީއެލް ބަނދަރާއި ދިމާ ބޭރުގައި އޮތް ކޮޅުވެއްޓިއެއް ބަންޑުންޖަހާލިއިރު އޭގައި ހުރި މީހާ ހޯދަމުންދަނިކޮށް ފެނުނީ ރަސްފަންނު ކައިރީ އަޑިންކަން އެނގިއްޖެއެވެ.
އެމްއެންޑީއެފް މީގެ ކުރިން ބުނި ގޮތުގައި އެ ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާގެ ވަނީ އުޅަނދުގެ ތެރެއިން ނަގާފައެވެ.
އެނގިފައިވާ ގޮތުގައި ރަސްފަންނު ކައިރީ އަޑިން ފެނުނީ އެ މީހާއެވެ. އެމީހާ ދެނެގަތުމުގެ މަސައްކަތާއި ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެމީހާ ފެނުނުއިރު އޮތް ޙާލަތެއް ސާފުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް